އާންމުންނަށް ނުހޮރޮއްޕާނަކަށްވި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ މީހަކާއެކު ތަހުގީގު ކުރަން ފަށާފައެވެ. އީވެންޓް މެނޭޖމަންޓް ކުންފުންޏެއްގެ މުވައްޒަފެއް ކަމަށްވާ އަރުން ކުމާރު ވަނީ ހެނދުނުގެ ބާރު ބޮޑު ވަގުތެއްގައި ބުރިޖެއްގެ މަތީގައި ހުއްޓި ހުރެގެން ދިހަ ރުފިޔާގެ ނޫޓުތަކެއް ވައިގެ ތެރެއަށް ހޫރާލާފައެވެ.

އޭނާ ބުރިޖު މައްޗަށް ދިޔައީ ފާރުގައި ބަހައްޓާ ގަޑިއެއް ކަރުގައި އަޅުވައިގެން ކޯޓު ފަޓުލޫނުގައި ހުރެގެންނެވެ.

ފުލުހުންގެ ސުއާލުތަކަށް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ ސިކުނޑީގެ އުނިކަމެއް އޭނާގެ ކިބައިގައި ނެތް ކަމަށެވެ. އަދި އޭނާއަކީ ބޯ ގުޑާފައި ހުރި މީހެއް ނޫންކަމަށް ތަކުރާރުކޮށް އޭނާ ބުންޏެވެ.

ގާނޫނުލް އުގޫބާތުގެ އާންމު އުދަނގުލަކަށް ވާ ހާލަތާ ބެހޭ މާާއްދާގެ ދަށުން އޭނާއާއެކު ތަހުގީގު ފަށާފައި ވެއެވެ.