އިޒްރޭލުގެ ފައިސާ ނޫޓުގައި ބަރަކާތް ލެއްވުމަށް އެދި އައު އިބާރާތެއް އިތުރު ކުރުމަށް ހައްދުފަހަނައަޅާފައިވާ ޔަހޫސީ ޝާސް ޕާޓީން މިއަދު އިޒްރޭލުގެ ޕާލަމެންޓް ކެނެސެޓަށް ބިލަށް ވައްދައިފިއެވެ. ޝާސްގެ ބިލަށް ޖޯކު ޖަހަމުން ކުރީގެ ފައިނޭންސް މިނިސްޓަރ އަދި އިޒްރޭލް ބައިތުނާ ޕާޓީގެ އަވީގޯރް ލިބަރްމަން ބުނެފައި ވަނީ ތަކެތީގެ އަގު ބޮޑުވުމުން އެވާހައިން ސަލާމަތްވާން މިއީ މޮޅު އުކުޅެއް ކަމަށެވެ. އޭނާ ބުނީ ދެން ދުވަސް ކޮޅަކުން އެޕާޓީން އެދޭނީ މަޚުލޫފް ދާރީގެ ފޮޓޯތައް އިޒްރޭލުގެ ޝޭކަލްގައި ޖަހަން ހެއްޔެވެ؟
ޝާސް އިން ބުނަނީ ފައިސާގައި ބަރަކާތް ލެއްވުމަށް އެދި ކޮންމެ ނޫޓެއް ޗާޕް ކުރާއިރު އޭގައި "އަހަރަމެންގެ ވަކީލު ކުރަނީ ކަނލާގެއަށް" “In God we trust” ޖަހާށެވެ.
ޝާސްއިން ހުށަހެޅި ގާނޫނުގައި ބުނެފައި ވަނީ ނޫޓުގައި ﷲގެ އިސްމުފުޅު ޗާޕްކޮށްފައި ހުންނައިރު މީހުން އިހާނެތި ގޮތްގޮތަށް ގެންގުޅެފާނެތީ ލަފުޒުލް ޖަލާލާގެ ބަދަލުގައި ހިބްރޫ ބަހުން ބޭނުން ކުރާ "ހާޝިމް" އެބަސް ބޭނުން ކުރާށެވެ. ހިބްރޫ ބަހުން ހާޝިމްގެ މާނައަކީ "އިސްމުފުޅު" މިފަދައިންނެވެ.
ޔަހޫދީންނަކީ މުސްލިމުންނެކޭ އެއްފަދައިން އެއްކައުވަންތަކަން ގަބޫލުކުރާ އަނެއް ދީނެވެ.
ހާޝިމްއަކީ ރަސޫލާގެ މުނިކާފާފުޅެވެ. ޔަހޫދީންގެ ފައިސާގައި ހާޝިމަށް ނިސްބަތް ކޮށްފިނަމަ، މުސްލިމުންގެ މީސްމީޑިއާ އެކަން މާނަ ކުރާނީ ކިހިނެއް ބާވައެވެ؟