ޔުކްރެއިން ހަނގުރާމައަކީ ޔުކްރެއިންގެ އިސްވެރިންނަށް މުއްސަނދި ވުމަށް އޮތް ބޮޑު ފުރުސަތެކެވެ. މި ހަނގުރާމައިގެ ތެރޭގައި ޔޫކްރޭނުން ސިފައިންނަށް ކާބޯތަކެއްޗާއި އަސާސީ ސާމާނު ގަތުމަށް ޖަހާފައި ހުންނަ އަގުތަކަކީވެސް ބާޒާރުގެ އަގުތަކަށް ވުރެން އެތައް ގުނަ ބޮޑު އަގުތަކެކެވެ. ހަނގުރާމައިގެ މައިދާނުގައި މީހން މަރުވާ ގޮތަށް މަސްއޫލުވެރިންގެ ވަޒީފާވެސް ކޮރަޕްޝަނާ ހެދި ގެއްލޭގޮތް މެދުވެރިވަމުން ދެއެވެ.

ސިފައިންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ ސާމާނު ގަތުމަށް ދުވާލަކު 55 މިލިއަން ޑޮލަރު ޔުކްރެެއިން އިން ޚަރަދުކުރެއެވެ. އެގައުމުގެ މީޑިއާއިން ތުހުމަތު ކުރަނީ ޑިފެންސް މިނިސްޓްރީން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ގެންދާ ކަމަށެވެ. ސިފައިންނަށް ގަންނަ ސާމާނުތަކަކީ ރީޓެއިލް ފިހާރަތަކުގައި ލިބެން ހުންނަ އަގަށް ވުރެން "ދެގުނައާއި ތިންގުނައަށް ބޮޑު" އަގުތަކެއް ކަމަށް ބުނެއެވެ.

މިސާލަކަށް ޑިފެންސް މިނިސްޓްރީން ބިހެއް 0.46 ސެންޓަށް ގަންނައިރު، ވެރިރަށް ކިއޭވްގައި އޭގެ އަގު އުޅެނީ 0.19 ސެންޓަށެވެ. ޔޫކްރޭންގެ ސިފައިންނަށް ބޭނުންވާ އަލުއި ކިލޯއެއް ގަނެފައި ވަނީ 0.60 ސެންޓަށެވެ. އެއިރު ބާޒާރުގައި އުޅެނީ 0.25 ސެންޓަށެވެ.

ޔޫކްރޭން ހަނގުރާމައިގައި ކޮރަޕްޝަންގެ ސަބަބުން ވަޒީފާއިން ވަކިކޮށް އިސްތިއުފާ ދިން މީހުންގެ ތެރޭގައި 12 އަށް ވުރެ ގިނަ މަސްއޫލުވެރިްނ ހިމެނެއެވެ. ސަރުކާރުން ވަނީ ޑްނިޕްރޯ، ޒަޕޮރީޒިއާ، ސުމީ އަދި ޚެރްސަން ސަރަހައްދުތަކުގެ ވެރިން ކޮރަޕްޝަނާ ހެދު މަގާމުން ވަކިކޮށްފައެވެ.

ޑިފެންސް މިނިސްޓަރުގެ ނައިބު ޔަޗިސްލާވް ޝަޕޮވަލޯވް ވެސް މަގާމުން އިސްތިއުފާ ދެއްވީ ޑިސެފްނސް މިނިސްޓްރީގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެންނެވެ.

ޒެލެންސްކީގެ އޮފީހުގެ ވެރިއެއް ކަމަށްވާ ކިރިލް ޓިމޮޝެންކޯ ވަނީ ސިފައިންގެ ވަސީލަތްތަކާއި އަގުބޮޑު ކާރުތައް ބޭނުންކުރި ކަމަށް ތުހުމަތު ކުރެވުމުން އިސްތިއުފާ ދެއްވާފައެވެ. އަދި މުނިސިޕަލް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރު ވަސިލީ ލުޒިންސްކީ މަގާމުން ވަކިކޮށް ހައްޔަރުކުރީ ޖަނަރޭޓަރު ގަތުމަށް 400،000 ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމުގެ ތުހުމަތުގަ އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ކޮރަޕްޝަނާ ދެކޮޅަށް ވައުދުވެ ވަޑައިގެންފައި ވެއެވެ. އޭނާ ވަނީ އެފަދަ މަސްއޫޅުވެރިން ގައުމުން ބޭރުވުންވެސް މަނާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަނގުރާމައިގެ ކުރިން ވެސް ޔޫކްރޭން އަކީ ރަޝިޔާއަށް ފަހު ޔޫރަޕްގެ ދެވަނައަށް އެންމެ ކޮރަޕްޓް ގައުމެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން 2021 ވަނަ އަހަރު ޔުކްރެއިން ލިސްޓް ކޮށްފައި ވަނީ 180 ގައުމުގެ ތެރެއިން 122 ވަނައިގައެވެ.