ހިނަވަމުން ދިޔައިރު އެނގުނީ މީހާ ޚިތާނު ނުކޮށް ހުރި ކަމަށެވެ. ހިނަވާ މީހާއަކީ ޚިތާނު ކުރުމުގެ ތަޖުރިބާ ހުރި އަދި އެކަމަށ ްހުއްދަ އޮތް މީހެއް ނޫނެވެ. އަދި އާއިލާއަށް އެންގުމަކާވެސް ނުލައި އޭނާ ވަނީ މައްޔިތާ ޚިތާން ކޮށްފައެވެ.
ޔަހޫދީންނަކީ މުސްލިމުން ފަދައިން އިބްރާހީ ސުންނަތާއެއް ގޮތަށް ޚިތާނު ކުރާ ބައެކެވެ. ނަމަވެސް ކުރީގެ ރޫސީވިލާތުން ހިޖުރަ ކޮށްފައިވާ ބައެއް ޔަހޫދީންނަކީ ޚިތާނު ކޮށްފައިވާ ބައެއް ނޫނެވެ.
އިޒްރޭލުގެ ނަބާތިއްޔާގެ ޔަހޫދީ އާއިލާއިން ވަނީ ހިނަވާގޭގައި އެމީހުންގެ މައްޔިތާ ހުއްދައާ ނުލައި އަވީތާލް ކެރެން މައްޔިތާ ޚިތާނުކުރި މައްސަލަ ކަމާ ބެހޭ ފަރާތުގެ ސަމާލު ކަމަށް ގެނަސްފައެވެ. މައްޔިތާ ޚިތާނު ކުރިކަން އެނގުނީ ހިނަގގޭގައި އެވަގުތު ހިނަވަން އުޅުނު އެހެން މީހެއްގެ ފަރާތުންނެވެ.