އެމްޓީސީސީން ވިލިމާލޭގައި ދެމުންގެންދާ ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި ކަަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެ ބަދަލަކީ އެ އަވަށުގެ ރައްޔިތުންގެ އެދުމުގެ މަތީން ގެންނެވި ބަދަލެއް ކަމަށެވެ.

މީގެ ސަބަބުން ރޭގަނޑު 12 ގެ ފަހުން އޮންނަ ފެރީތަކަށް އަންނަ މީހުންނަށް ފަސޭހަ ވެގެންދާނެއެވެ. އާޒިިމް ވިދާޅުވީ ކޮންމެ ރެއަކު 12 ގެ ފަހުން ވެެސް ކޮންމެ އެއްގަޑިން އެއްގަޑިން ފެރީ އޮންނަ ކަމަށެވެ. "އެ ގަޑީގައި ބަސް ނުބާއްވައިފިއްޔާ އެގަޑީގައި ވަޑައިގަންނަވާ ބޭފުޅުންނަށް ވަރަށް ދަތިވާނެ،" އާޒިމް ވިދާޅުވިއެވެ.

މީގެ ކުރިން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދެމުން ގެންދިޔައީ ފަތިހު 5:35 އިން ފެށިގެން ރޭގަނޑު 12:00 އަށެވެ. އެ އަވަށުގައި ބަހުގެ ޚިދުމަތް ފަށައިފައިވަނީ ޖަނަވަރީ 20 ވަނަ ދުވަހުއެވެ.