ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގޭގައި ބަންދު ކޮށްފާނެ ކަމަށް ބެލެވެއެވެ. އަދި ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީގެ ލީޑަރު ފަވާދު ޗައުދަރީ ވަނީ މިހާރު ހައްޔަރުކޮށްފައެވެ.

އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ "ދުސްތޫރީ މުއައްސަސާއަކަށް އަނިޔާވެރިވުމަށް ބާރުއެޅި" ކަމުގެ ތުހުމަތުގައެވެެ. ފަވާދު ހައްޔަރުކުރީ ލާހޯރުގައި ހުންނަ އޭނާގެ ގޭގެ ބޭރުގައެވެ. އޭނާ ވަނ ހައްޔަރުކުރުމަށް ފަހު އިސްލާމްއާބާދަށް ގެނަސްފައެވެ.

ފަވާދު ޗައުދަރީ ވަނީ އިލެކްޝަން ކޮމިޝަން އޮފް ޕާކިސްތާނާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އީސީޕީން ބުނެފައ ވަނީ އޭނާގެ ވާހަކައިން އިލެކްޝަން ކޮމިޝަންގެ އަގު ވެއްޓި ކޮމިޝަންގެ މުވައްޒަފުންގެ އާިއލާތައް ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ.

ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ސަރުކާރާ ދެކޮޅަށް އިސްލާމްއާބާދުގައި ބޮޑު ހިނގާލުމެއް ބޭއްވުމަށް ރާވާފައިވާތީ، އޭނާ ދާދި އަވަހަށް ހައްޔަރު ކުރާނެ ކަމަށް މީޑިއާއަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެފައި ވެއެވެ.