ތުރުކީގައި ބުރުގާ އެޅުން ހުއްދަ ކޮށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ހުށަހަޅައިފިއެވެ. ފާއިތުވިތަނުގައި ތުރުކީގައި ބުރުގާ އަޅާ އަންހެނުންނާ ދެކޮޅަށް ތަފާތުކޮށް ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ދިނުމާއި ލިބެންވާ އިމްތިޔާޒުތައް ދިނުން އޮތީ މަނާ ކޮށްފައެވެ. ރައީސް އުރުދުޣާންގެ އަދާލަތު ޕާޓީން ވަނީ އެކަން ބަދަލު ކުރުމަށް މަސައްކަތް ކޮށްފައެވެ.

އަލަށް ހުށަހަޅަން ދުސްތޫރީ ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުގައިވާ ގޮތުން އެއްވެސް އަންހެނަކު، ބުރުގާ އެޅުމުން އޭނާއާ ދެކޮޅަށް ތަފާތު ކޮށްގެން ނުވާނެ އެވެ.

އޭގެ އިތުރުން ހުށަހަޅާފައިވާ އެހެން އިސްލާހެއްގައި ވަނީ ތުރުކީގެ ގާނޫނުން ބަލައި ގަންނާނީ އާއިލާއަކީ އަންހެނަކާއި ފިރިހެނަކާ ދެމެދުގެ ޒަވާޖީ ގުޅުމަކުން އުފެދޭ ގުޅުމެއް ކަމަށެވެ.

ތުރުކީގެ 600 މެމްބަރުންގެ ޕާލަމެންޓުން އެ ގާނޫނު ފާސްކުރުމަށް 380 ވޯޓް ލިބެން ޖެހެއެވެ.