އީރާނަށް ބިރު ދެއްކުމުގެ ގޮތުން އިޒްރޭލާއި އެމެރިކާއިން ފުޅާދާއިރާއެއްގެ އަސްކަރީ ތަމްރީންތަކެއް ފަށައިފިއެވެ. ނަގަބް ސަހަރާގައި ބާއްވާ މި ތަމްރީންތަކުގައި އިޒްރޭލާއި އެމެރިކާއިން މަޖާޒީ ގޮތަކަށް ތަމްރީން ކުރަނީ އީރާންގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާ ދޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.

މި ތަމްރީނަށް ނަން ދީފައިވަނީ ޖުނިޕަރ އޯކް 2023ގެ ނަމުންނެވެ.

އޭގައި 140 އަސްކަރީ މަތިންދާބޯޓާއި 12 މަނަވަރާއި ބޮޑު ބަޑީގެ ނިޒާމުތައް ބޭނުން ކުރެއެވެ.

ޢޭގައި އެމެރިކާ ސިފައިންގެ 6400 މީހުންނާއި އިޒްރޭލުގެ 1100 ސިފައިން ބައިވެރިވެއެވެ.