އަރަބި ދުނިޔޭގެ އެންމެ ބޮޑު ފޮތް މައުރަޒުގައި އިޒްރޭލުގެ ޒަޔަނިސްޓުން ފަޟީހަތް ކުރަނީ ކަމަށް ބުނެ އިޒްރޭލުގެ ފޮރިން މިނިސްޓްރީން މިއަދު މައްސަލަ ޖައްސައިފިއެވެ. ހޯމަ ދުވަހު ހުޅުވާފައިވާ ފޮތް މައުރަޒުގައި ޒަޔަނިޒަމްއާ ބެހޭ ފޮތްތަކާއި އިޒްރޭލުގެ އުދުވާނީ ޝަޚުސިއްޔަތާ ބެހޭ ފޮތްތައް ވިއްކަން ބަހައްޓާފައި ވެއެވެ.
އިޒްރޭލުން ބުނެފައި ވަނީ ތަކުރާރު ކޮށް ޒަޔަނިސްޓުންނާއި އިޒްރޭލާ ދެކޮޅު ފޮތްތައް ފޮތް މައުރަޒުގައި ނުވިއްކާން އެދުމުންވެސް އެކަން ކުރިއަށްދާތީ އިޒްރޭލުން އެކަމާ ހިތާމަ ކޮށް ކުށްވެރިކުޜާ ކަމަށެވެ.
މިއަހަރުގެ ފޮތް މައުރަޒުގައި އެންމެ ފާހަގަ ކުރެވޭ އިޒްރޭލުން މޭކަރާ އައު ފޮތަކަށް ވިއްކަން ބަހައްޓާފައިވާ ފޮތަކީ ޒަޔަނިސްޓުންގެ ހިސްޓްރިއާ ބެހޭ ގޮތުން އިސްކަންދަރިއްޔާގެ ސްކޯލަރއަކު ލިޔެފައިވާ ފޮތެކެވެ. އޭގެ އިތުރެން އިޒްރޭލުން އަބަދުވެސް މައްސަލަ ޖައްސާ ހިޓްލަރުގެ ޑައިރީއާއި ހެންރީ ފޯޑްގެ ދަ އިންޓަރނޭޝަނަލް ޖޫއާއި ދަ ޕްރޮޓޮކޯލްސް އޮފް ދަ އެލްޑާޒް އޮފަ ޒިއޮންއާއި ރޮޗައިލްޑް ފެމިލީއާއި ތަލްމޫދާއި ހޮލޮކޯސްޓާ ބެހޭ ފޮތްތައް މިއަހަރުވެސް ވިއްކަން ބަހައްޓާފައި ވެއެވެ.
އެމެރިކާގައި އިޒްރޭލާއި ޒަޔަނިސްޓުންނަށް ލޮބީކުރާ އެންޓި ޑިފަމޭޝަން ލީގްއިން 2020ގައި މިސްރުގެ ރައީސް އަބްދުލްފައްތާޙު އައްސީސީއަށް ފޮނުވި ސިޓީއެއްގައި އެދިފައި ވަނީ ޔަހޫދީން ފަޟީހަތް ކޮށްލާފަދަ ފޮތްތައް މިސްރުގައި ޝާއިއުކުރުމާއި ވިއްކުން މަނާ ކޮށް ދިނުމަށެވެ. އެކަމަކު މިއަދާހަމައަށްވެސް އެކަމުގައި ފިޔަވަޅު އަޅާފައި ނުވާކަމަށް ބުނެ އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ ޝަކުވާ ކޮށްފައެވެ.