އިޒްރޭލު ސިފައިންނާއި ފަލަސްތީނު މީހުންނާ ދެމެދު ހަމަލާތައް ބަދަލު ކުރަން ފަށައިފިއެވެ. ރާމަﷲއާއި ޤަލްޤީލިއާގައި ހަމަލާތައް ބަދަލުކޮށްފައި ވެއެވެ. ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ ފަލަސްތީނުގެ ހަ މީހަކަށް ބަޑިން ހަމަލަ ދިނުމުން ހާނިއްކަވެގެން ފަރުވާ ދެމުންދާ ކަމަށެވެ.

އިޒްރޭލުގެ އެހެން ޚަބަރުތަކުގައި:

ކިޔަވާ ކުދިންގެ ބަޔަކު ވަނީ ޓެލްއަވީވްގެ މުހިންމު ހައިވޭ އެއް ބަންދުކޮށްފައެވެ. އެމީހުން މުޒާހަރާ ކުރަނީ އިޒްރޭލު ސަރުކާރުން ޖުޑިޝަރީއަތް އަތް ބާނައިގެން ވަގުން ޖަލު ހުކުމް ސަލާމަތްވާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން އުޅޭތީއެވެ.

އަނެއް ކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ އިޒްރޭލަށް ވަޑައިގެންފައެވެ. އޭނާ ވަނީ ގުދުސްގެ ހާލަތު އޮތް ގޮތަށް ބޭއްވުމަށް ބާރު އަޅާފައެވެ.

އިޒްރޭލަށް ފޮނުވާފައިވާ އެމެރިކާގެ އެމްބެސެޑަރު (ޔަހޫދީއެއް) މިއަދު އިޒްރޭލު މީޑިއާއާ ވާހަކަ ދައްކަމުން ބުނެ ފައި ވަނީ ނަތަންޔާހޫގެ ބޮޑެތި ޕްލޭންތަކެއް އެބަހުރި ކަމަށާއި ފަލަސްތީނު މީހުން ހިސާބުގަނޑު ގަޑުބަޑު ކުރަނީ ނަމަ ނަތަންޔާހޫއަށް ފިޔަވަޅު އަޅަން މަޖުބޫރު ވާނެ ކަމަށެވެ.

އިޒްރޭލުން ދަނީ އީރާންގެ ރެވަލޫޝަންރީ ގާޑުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް ޔޫރަޕްގައި މަސައްކަތް ފަށާފައެވެ.