ސަލާމަތީ ކަންތައްތަކުގައި އިޒްރޭލާއެކު އެއްވެސް ކަމެއް ވިލަރެސް ނުކުރާނެ ކަމަށް ފަލަސްތީނު ސަރުކާރުން ބުނެފިއެވެ. ފަލަސްތީނުގެ ބޮޑު ވަޒީރުގެ ނާއިބު ނަބީލް އަބޫ ރަޟައިނާ ދާދި ދެންމެ އިއުލާން ކުރެއްވި ގޮތުގައި މި ހިނދުން ފެށިގެން ސަލާމަތީ ކަންކަމުގައި އިޒްރޭލާއެކު ކޯޑިނޭޓް ކުރުން ފަލަސްތީނު ސަރުކާރުން ހުއްޓާލީ ކަމަށެވެ.

ފަލަސްތީނުން މި ނިންމުން ނިންމާފައި ވަނީ އިޒްރޭލުން މިއަދު ހެނދުނު ޖެނިން ގައި ހިންގި ގަތުލުއާންމުގައި 9 ޒުވާނަކު މަރާލުމާ ގުޅިގެންނެވެ.

ރާމަﷲގައި އިޒްރޭލުގެ ހަމަލާގައި ހަވީރު ޒަޚަމްވި ޒުވާނާވެސް ވަނީ ދާދި ދެންމެއަކު ޝަހީދުވެފައެވެ.

އިޒރޭލާ ދެކޮޅަށް ދޭ ހަމަލަތައް ހުއްޓުވުމުގެ ގޮތުން އިޒްރޭލާ ފަލަސްތީނުން ސަލާމަތީކަންކަން ވިލަރެސް ކުރެއެވެ.