މިއަދު 27 ޖެނުއަރީ އަކީ ޔަހޫދީން ނައްތާލުމަށް ނާޒީން ކުރި މަސައްކަތުގެ ހަނދާންތައް އައުކުރުމަށް ހޮލޮކޯސްޓް ޑޭ ފާހަގަ ކުރާ ދުވަހެވެ. އިޒްރޭލުގެ ޒަޔަނިސްޓުންވެސް ފަލަސްތީނު މީހުންނާ މެދު ކުރަމުންދާ އަނިޔާވެރި އަމަލުތަކުގައި އެމީހުން ހިޓްލަރުގެ އަނިޔާވެރިކަމުން އިބުރަތެއް ނުލިބުނު ފަދައެވެ.

އއްޔެ ޖެނީން ރެފިއުޖީ ކެމްޕްގައި ހިންގި ގަތުލުއާންމުގައި މަރާލި 9 މީހުންނަށް ބަދަލު ހިފާނެ ކަމަށް އިންޒާރު ދިނުމަށްފަހު ރޭ މެންދަމު 3.30 ގައި ފަލަސްތީނު ސަރަހައްދުން ވަނީ އިޒްރޭލަށް ރޮކެޓް ހަމަލައެއް އަމާޒުކޮށްފައެވެ. އިޒްރޭލުގެ ދަގަޑު ގުއްބުން ވަނީ އެ ރޮކެޓް ހަމަލާތައް ނާކާމިޔާބު ކޮށށްފައެވެ.

ފަލަސްތީނުން ވަނީ ސަލާމަތީ ކަންކަން އިޒްރޭލާއެކު ވިލަރެސް ކުރުން ހުއްޓާލާފައެވެ. މާނައަކީ ފަލަސްތީނު މީހުން އިޒްރޭލާ ދެކޮޅަށް ދޭ ހަމަލައެއް ހުއްޓުވުމުގައި ފަލަސްތީނުގެ ސަރުކާރުގެ ދައުރެއް ނޯންނާނެ ކަމަށެވެ. އިޒްރޭލުންވެސް އޮތީ އެއްވެސް ކަމެއްގައި ގޮތް ސޫކުރާ ގޮތަކަށް ނޫނެވެ.

ސަލާމަތީ މަޖިލީހުން ވަނީ ޒަޔަނިސްޓް ސަރުކާރުގެ އުދުވާނީ ހަމަލާގެ މައްސަލަ ސަލާމަތީ މަޖިލީހުގައި ބަހުސްކުރުމަށް ތާވަލް ކޮށްފައެވެ.