85އަހަރު ފަހުން ހުއްޓާލަނީ މުޅި ބީބީސީއެއް ނޫނެވެ. 85 ފަހުން ހުއްޓާލަނީ ބީބީސީގެ އެރެބިކް ސާވިސްއެވެ. މިއަދު ހުކުރު ދުވަހު ލަންޑަންގެ ބިގް ބެން އިން މެންދުރުން އަނބުރާ 1 ޖަހާއިރު ބީބީސީ އެރެބިކް ސާވިސް އެއްކޮށް ނިމުކަމަށް އަންނާނެއެވެ. ބީބީސީން ބުނެފައި ވަނީ ޚިދުމަތް ހުއްޓާލި ނަމަވެސް ފާއިތުވި އަހަރުގެ އަރަބި ކޮންޓެންޓްތައް އޮންލައިންކޮށް ލިބެން ހުންނާނެ ކަމަށެވެ.

އަރަބި ބަހުން ވާހަކަ ދައްކާ މީހުންނާއި އަރަބި ދުނިޔޭގައި މީހުން ވަނީ "ހުނާ ލަންދަން" ގެ ޚިދުމަތް ހުއްޓާލާތީ އެކަމާ ހިތާމަ ފާޅުކޮށްފައެވެ.