މެލޭޝިއާއަށް ދިމާވެފައިވާ ބިހުގެ ތަދުމަޑުކަމުގައި އިންޑިއާއިން ރެކޯޑް އަދަދަކަށް މި މަހު މެލޭޝިއާއަށް ބިސް އެކްސްޕޯޓް ކުރަން ނިންމައިފިއެވެ. އިންޑިއާއިން 50 މިލިއަން ބިސް އެގައުމަށް އެކްސްޕޯޓް ކުރަން ނިންމާފައިވެއެވެ.

އޮމާންއާއި ގަތަރަކީ އިންޑިއާއިން ގިނަ އަދަދަކަށް ބިސް އެތެރ ކުރާ ގައުމުތަކެވެ. ނަމަވެސް އިންޑިއާއަށް ބިސް އެކްސްޕޯޓް ކުރުމަށް ހައިރާން ކުރުވަނިވި ހައި ގިނަ އޯޑަރުތައް ލިބިފައިވެ އެވެ. އޭގެ ކުރިންވެސް ހީވެސް ނުކުރާ ފަދަ ބޮޑު އޯޑަރެއް ސިންގަޕޫރާއި އޭޝިއާގެ އެހެން ގައުމުތަކުން ލިބިފައި ވެއެވެ.

ބިހުގެ އަގު ބޮޑު ވުމާ ގުޅިގެން ބިސް ސަޕްލައި އިތުރު ކުރުމަށް މެލޭޝިއާގެ މިނިސްޓަރު އޮފް އެގްރިކަލްޗާ އެންޑް ފުޑް ސެކިއުރިޓީ މުހައްމަދު ސަބޫ ވަނީ މި މަހުގެ ކުރީކޮޅު ޓެމިލްނާޑުއަށް ޒިޔާރަތްކުރައްވާފައެވެ.

ޑިސެމްބަރު މަހު އިންޑިއާއިން މެލޭޝިއާއަށް 5 މިލިއަން ބިސް އެކްސްޕޯތް ކުރިއެވެ. އަދި ޖެނުއަރީ މަހު 10 މިލިއަން ބިސް އަދި ފެބްރުއަރީ މަހު 15 މިލިއަނެއްހައި ބިސް ފޮނުވާނެ ކަމަށް ނަމައްކަލްގެ ހެޗަރީއަކުން ބުނެއެވެ.

ދޫނިރޯގާ ފެތުރުމުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ބިހާއި ކުކުޅު ސަޕްލައި މަދުވެފައި ވެއެވެ. މިހާރު ވެސް ކާބޯތަކެތީގެ އަގު ބޮޑު ވުމާ ގުޅިގެން ޕޯލްޓްރީ އެތެރެކުރާ ގައުމުތަކަށް ތަދުކަމެއް އައިސްފައި ވެއެވެ.

މެލޭޝިއާގައި ބިސް އުފެއްދުން ދަށްވުމުން އެގައުމުން ވަނީ ބިސް އުފެއްދުމަށްދޭ ސަބްސިޑީ އިތުރު ކޮށްފައެވެ.

އިންޑިއާގައި ބިސް ހަތަރު ގުނައަށް ބޮޑު ވެފައި ވެއެވެ. ކުރިން 100 ބިސް އުޅުނީ އިންޑިއާގެ 565 ރުޕީސް އަށް (ދިވެހި 107 ރުފިޔާ) އަށެވެ.