މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ކުރިއަށް ގެންދާ ރިޔާސީ ޕްރައިމެރީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވޯޓު ދެއްވައިފިއެވެ.

އެމަނިކުފާނު ވޯޓު ދެއްވުމަށް ފަހުވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ. ނޫސްވެރިންގާތު އެމަނިކުފާނު ވިދާޅުވީ ތަފާތުބޮޑުކޮށް މިއިންތިޚާބު ކާމިޔާބު ކުރައްވާނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވާދަވެރިން ތަފާތުވާހަކަ ދެއްކެވިޔަަސް އޮޅުވާލުމުގެ ކަމެއް އެމްޑީޕީގެ އިންތިހާބުތަކުގައި ނުހިނގާނޭ ކަމަށެވެ.

ރައީސް ސާލިހު ވޯޓު ދެއްވައިފައި ވަނީ އިސްކަންދަރު ސްކޫލުގައި ހުރި ވޯޓް ފޮށްޓަކަށެވެ. މިއިންތިޚާބުގެ ވޯޓުލުން ފަށައިފައިވަނީ ހެނދުނު 9:00 ގައެވެ. ނިންމަން ހަމަޖައްސާފައިވަނީ ހަވީރު 5:00 އަށެވެ.