އިޒްރޭލުން ޖެނިންގައި ހިންގި ގަތުލުއާންމާ ގުޅިގެން ފަލަސްތީނު މީހަކު ހިފާފައިވާ ގުދުސްގައި ޔަހޫދީ ފައްޅިއަކަށް ހަމަލަދީ ހަތް މީހުން މަރާކައި ތިން މީހަކު ޒަޚަމް ކޮށްލައިފިއެވެ. ޤުދުސްގެ ރައްޔިތެއް ކަމަށްވާ އުމުރުން 21 އަހަރުގެ ޚައިރީ ޢަލްޤަމް (ފޮޓޯގައި) ހިންގި އަމަލަކީ ހިތްވަރުގަދަ އަމަލެއްކަމަށް ބުނެ، ހުޅަނގު އައްސޭރީގައި ފަލަސްތޫނު މީހުން ވަނީ ހަވާ އަރުވައި އެކަން ފާހަގަ ކޮށްފައެވެ.

ފުލުހުންނާއެކު ހަމަލާ ބަދަލުކޮށް ޚައިރީ އަލްޤަމް ވަނީ ޝަހީދުކޮށްލާފައެވެ.

ޔަހޫދީން މަރުވުމާ ގުޅިގެން އިޒްރޭލުގައި ކަން ބޮޑުވުމެއް އުފެދިފައި ވެއެވެ. އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި ސަރުކާރުގެ މަސްއޫލުވެރިން ވަނީ އޮއްސިފައިވާ މޫނަކާއެކު މާޔޫސް ކަންކަމަތީގައި ޚައިރީގެ އަމަލު ބަލާލަން ގުދުސްއަށް ގޮސްފައެވެ.