ބިރަކާއި ނުލައި ބަޑި ޖަހައި މީހުން މަރާލުމަކީ އެމެރިކާގެ ސަގާފަތެއް ބާވައެވެ؟ ފުލުހުން ވަނީ ކަޅު ނަސްލުގެ ފަސް ފުލުހަކު ވެގެން ކަޅު ނަސްލުގެ މީހަކު މަރާލި މަންޒަރު ދައްކުވައުދިނުމަށް ފުލުހުންގެ ބޮޑީ ކެމެރާގެ ވީޑިއޯތައް ދައްކާލާފައެވެ.

ފުލުހުން ވަނީ އެމީހާގެ ގަޔަށް ބަޑިޖަހައި މަރާލުމުގެ ކުރިން އޭނާގެ ގައިގައި ކޮޅުފައިން ބޫޓުން ތަޅައި ހަދާފައެވެ. އުމުރުން 29 އަހަރުގެ ނިކޮލަސް ޓަރަޔ (ފޮޓޯގައި) މަރާލުމުގެ ކުރިން ތިން މިނެޓްވަންދެން އޭނާގެ ގައިގައި ތަޅައި އޭނާގެ އަމަޔާ އަޅުވައި ފުލުހުން ވަނީ އަވަގުރާނަ ގޮވައި ހަދާފައެވެ.

އެމެރިކާގައި ފުލުހުންގެ އަނިޔާތަކުން ކަޅު ނަސްލުގެ މީހުން މަރާލުމަކީ އެމީޙުންނަށް އާދައިގެ ކަމެކެވެ.