https://youtu.be/huxhqphtDrM

ދީޕިކާ އެކްޓް ކޮށްފައިވާ ބޭޝަރަމް ރަންގަކީ، ޝާހް ރުޚްޚާންގެ ޕަޓާން ފިލްމުގެ ލަވައެކެވެ. ދީޕިކާގެ ބިކިނީއާ މެދު އިންޑިއާގެ ތާލިބާން ބްރޭންދްގެ ބަޖުރަންގް ދާލްއިން ވަނީ މައްސަލަ ޖައްސާފައެވެ. ހައްދުފަހަނައަޅާފައިވާ ހިންދީ ދީނުގެ ހަރުކަށި އެމީހުން މައްސަލަ ޖައްސާފައި ވަނީ ދީޕިކާ ބިކިނީއެއް ލައިގެން ހުރުމުން ގިނައިން މަސްތައް ފެނުމުން ކަމެއް ނޫނީ އެ ބިކިނީގެ ރީނދޫ ކުލައިގެ ސަބަބުން ކަމެއް ސާފެއް ނޫނެވެ.

ބަޖުރަންގް ދާލްގެ ހައްދުފަހަނައޅާފައިވާ މީހުން ވަނީ ބިހާރުގެ ސިނަމާއެއްވެސް ޕަޓާން ފިލްމު އަޅުވާތީ އަންދާލާފައެވެ.

ޕަޓާން ފިލްމުގެ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި އެފިލްމަށް 300 ކުރޯޑް ރުޕީސް (41 މިލިއަން ޑޮލަރު) ލިބިފައި ވެއެވެ.