އެމެރިކާގެ ސުޕްރީމް ކޯޓުގައި މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ހިނގާ ކަމަށާއި ދެފުށް ގޮތަށް ކަންކަން ކުރުން އެކޯޓާ ބީރައްޓެހިކަމަށް ސީއެންއެންގެ ރިޕޯޓެއްގައި ބުނެފިއެވެ. ދާދި ފަހުން އެމެރިކާގެ އެންމެ މަތީ ކޯޓުން ފާއްދާލާފައިވާ ހުކުމަކާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ހެކިބަސް ނަގާފައި ވަނީވެސް ކޯޓުގެ މަސްލަހަތު ފުށުއަރާ މީހެއްގެ ފަރާތުންނެވެ. އެމީހާއަކީ ސުޕްރީމް ކޯޓުގެ ފަނޑުޔާރުންގެ ސަލާމަތީ ކަންކަމާއި ކޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އަދި ކޯވިޑްގައި އެޅި ފިޔަވަޅުތައް ބަލަހައިތައި ދިން ކުންފުނީގެ ވެރި މިހާއެވެ. އެމީހާގެ ކުންފުނިން ހޯދާ ޚިދުމަތުގެ މުގާބިލުގައި މިލިއަނުން ޑޮލަރު ދީފައިވާ އިރު ކޯޓުގެ ހެއްކަކަށްވެސް ބޭނުން ކުރީ އެމީހާއެވެ. އެއީ ކުރީގެ އެމެރިކާގެ ހޯމް ލޭންޑް ސެކިއުރިޓީ ސެކެޓްރީ މައިކަލް ޝާޓޮފްއެވެ.
ސީއެންއެންއިން ބުނިގޮތުގައި އެމެރިކާގެ މަތީ ކޯޓގައި ދެފުށްފެންނަ ގޮތަށް ކަންކަން ކޮށްފައި ނުވުމުން ޝާޓޮފްގެ ކުންފުންޏަށް ދީފައިވާ އަދަދުތައްވެސް ހޯދޭނެ ގޮތެއް ނެތް ކަމަށެވެ.
އަދި ފަނޑިޔާރުންވެސް އެމީހުންގެ ގުޅުންތައް ސިއްރު ކުރާ ކަމަށާއި އެމީޙުންގެ މަސްލަހަތު ފުށުއަރާ ކަންކަމަށް ޖަވާބުދާރީ ވާން ބޭނުން ނުވާކަމަށާއި ކޯޓުގެ ކަންކަން ސިއްރިއްޔާތުގައި އޮންނަ ކަމަށް ރިޕޯޓްގައި ސީއެންއެންއިން ބުނެފައި ވެއެވެ.