ދޮން މީހުން އަރައި ގަދަކަމުން އޮސްޓްރޭލިއާގެ ފަސްގަނޑުގައި ދިރިއުޅެމުން ދިޔަ މާއޮރީ ދަރިކޮޅުގެ މީހުން ނައްތާލައި އެމީހުންގެ ބިންތައް ފޭރިގަތް ދުވަސްގެ ގޮތުގައި ކޮންމެ އަހަރަކުވެސް 26 ޖަނަވަރީ ފާހަގަ ކުރެއެވެ.

މިއަދުގެ ދޮން ނަސްލުގެ މީހުންވެސް ބުނެފައި ވަނީ އެމީހުންގެ ކާބަފައިން ހިންގާފައިވާ ޖަރީމާއަކީ އެއާމެދު ފަޚުރުވެރިވާ ފަދަ އަމަލެއްނޫން ކަމަށެވެ.

އޮސްޓްރޭލިއާގެ އެ ބިމަކީ މެދުނުކެނޑި 65 (ފަސްދޮޅަސް ފަހެއް) ހާސް އަހަރުގެ ހަޟާރާއެއް ދެމިގެން ދިޔަ ފަސްގަނޑެކެވެ. 1788 ގައި ދޮންމީހުން އެތަނަށް ވަދެ މީހުން ނައްތާލައި އެތަނަށް އަތްގަދަ ކުރީއެވެ.

ޔުނިވަރސިޓީ އޮފް ނިއުކާސްލްގެ ދާދިފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ދޮން މީހުން ވަނީ 1788ން 1930އާ ހަމައަށް 400 ގަތުލުއާންމުގައި ދިހަ ހާހަށް ވުރެން ގިނަ މީހުންގެ ފުރާނަ ނައްތާލާފައެވެ.

އޮސްޓްރޭލިއާގެ މިހާރުގެ 25 މިލިއަން އާބާދީގެ 3.2 ޕަސެންޓަކީ އެފަސްގަނޑުގެ އަސްލު ދަރިކޮޅުގެ މީހުންނެވެ.