ޤުދުސްގެ ސަލްވާން އަވަށުގައި ފަލަސްތީނު މީހަކު ބަޑިން ހަމަލަދީ ޔަހޫދީ ވަޒަންވެރިންގެ ދެ މީހަކު ޒަޚަމް ކޮށްފިއެވެ. އެއީ އެހީ ދިނުމުގެ މަސައްކަތުގައި އުޅުނު ބައްޕަ ޔަހޫދީއަކާއި ދަރިފުޅު ޔަހޫދީއެކެވެ. ފަލަސްތީނުގެ ނޫސް އެޖެންސީން ބުނިގޮތުގައި ޙަމާސް އިން ވަނީ އެހާދިސާގައި ޝަހީދުކޮށްފައިވާ ސަލްވާންގެ އަވަށުގެ ޝަހީދުގެ ހިތްވަރު ގަދަކަމަށް ތައުރީފް ކޮށްފައެވެ.
އިޒްރޭލުން ބުނާ ގޮތުގައި ފަލަސްތީނު މީހުން ޒަމާނީ ހަތިޔާރުން ހަމަލަދިނުމުގެ ފުރުސަތު ވަރަށް ބޮޑު ވެއްޖެ ކަމަށާއި އެކަމަށްޓަކައި ހުރިހައި ދިމާއެއްގައި ތައްޔާރަށް ތިބުމަށް ވަނީ ގޮވާލާފައެވެ.