ފަލަސްތީނާއި ހިބްރޫ މީޑިއާގައި އެންމެ ގިނަ މީހުން މިވަގުތު ހޯދާ ނަމަކީ ޚައިރީ ޢަލްޤަމްގެ ނަމެވެ. އިޒްރޭލު ފުލުހުން ބުނިގޮތުގައި ޢަލްޤަމްގެ އެއްވެސް ކްރިމިނަލް ރެކޯޑެއް އެމީހުންގެ ޑޭޓާބެސްގައެއް ނެތެވެ.

ޢަލްޤަމްއަކީ ހިފާފައިވާ ޤުދުސްގެ ތޫރު އަވަށުގެ މީހެކެވެ. އޭނާއަށް ނަން ދީފައި ވަނީ އޭނާގެ ކާފަގެ ނަމުންނެވެ. ޔަހޫދީ އިސްތިއުމާރީ ވަޒަންވެރިއަކު ވަނީ 13 މޭ 1998ގައި އޭނާގެ ކާފަ ނަމާދަށް ދަނިކޮށް ބަޑިޖަހައި މަރާލާފައެވެ.

ޢަލްޤަމްއަކީ ސާނަވީ އިމްތިހާނަށް ފަހު އިލެކްޓްރިކަލް އިންޖިނިއަރިންގ ކިޔަވާފައިވާ ޒުވާނެކެވެ. ޔަހޫދީން މަސްޖިދުލް އަގްސާއަށް ހަމަލަދޭ އިރު އޭނާ އަބަދުވެސް މިސްކިތުގެ ދިފާއިގައި މިސްތުގައި އުޅެއެވެ.

އޭނާގެ ފޭސްބުކްގައި އޭނާ ޝާއިއުކޮށްފައިވާ ލީފްލެޓެއް ވަނީ ވައިރަލް ވެގެން ގޮސްފައެވެ. އޭގައި އޭނާ ބުނަނީ އަހަރަމެން މިތިބީ ސުލްހަ ވާކަށެއް ނޫނެވެ. އަހަރަމެން މިތިބީ މިކަން ނިންމަން ހަނގުރާމަ ކުރާ ގޮތަށެވެ.

ފައްޅީގައި ތިބި މީހުން ބުނެފައި ވަނީ ޚައިރީ ޢަލްޤަމް ފައްޅިއަށް ވަދެ 20 މިނެޓް ވަންޖެން ބަޑި ޖެހި ކަމަށެވެ. އަދި އޭނާގެ ބަޑިޖެހުން ކުޅަދާނަ ކަމަށާއި އަމާޒަށް މީހުންގެ މެއަށް އޭނާ ބަޑި ޖެހިކަމަށް އަޅުކަމުގައި ތިބި މީހުން ބުންޏެވެ. އޭނާ ޝަހިދު ވެފައި ވަނީ ފައްޅިގެން ނިކުމެގެން ދަނިކޮށް ފުލުހުންނާ ދެމެދު ބަޑި ހަމަލާ ބަދަލުކުރުމުގެ ތެރޭގައެވެ. އަލްޤަމްގެ ބަޑީ ހަމަލައިން 7 މީހުން މަރުވެ 10 މީހުން ޒަޚަމްވިއެވެ.

އިޒްރޭލުން ޖެނީން ރެފިއުޖީ ކެމްޕަށް ކުރީ ދުވަހު ދިން ހަމަލާގައޮ ހަތް މީހުންގެ ގަތުލުއާންމެއް ހިންގާފައި ވެއެވެ.

ފަލަސްތީނުގެ މީޑިއާއިން ބުނާ ގޮތުގައި ޢަލްޤަމްއަކީ، މީގެ މަސްދުވަސްކުރިން ޔަހޫދީ ސިފައިން ޝަހީދުކޮށްލި ޢުދެއި އައްތަމީމީގެ ރައްޓެއްސެކެވެ. ޝަޢުފާޠު ރެފިއުޖީ ކޭމްޕްގެ ޢުދެއި ވަނީ ބަޑިން ހަމަލަދީ އިޒްރޭލު ސިފައިންގެ އަންހެނަކު މަރާލައި އިތުރު ދެމީހަކު ޒަޚަމް ކޮށްލާފައެވެ.