މާލޭ ސީއެޗުއެސްސީގައި ބަހައްޓާފައިވާ ބާރަށު ދާއިރާއި ހޯރަފުށީދާއިރާގެ ވޯޓުފޮށްޓަށް ވޯޓުލުން މަޑުޖެހިއްޖެއެވެ. ވޯޓުލުން މަޑުޖެހިފައިވަނީ ވޯޓު ކަރުދާސް ހުސްވެގެންނެވެ. ކަރުދާސް ލިބުނުހާ އަވަހަކަށް އަލުން ވޯޓުލާން ފަށާނެ ކަމަށް އެނގިފައިވެއެވެ.

އެ ދެ ދާއިރާގައި ޖުމްލަ 7 ރަށް ހިމެނެއެވެ. އެ ދާއިރާއިން އެފޮށްޓަށް ވޯތުލުމުގެ ހައްގު ލިބިފައިވަނީ 1200 މީހުންނަށެވެ. މިހާތަނަށް 270 އަށްވުރެ ގިނަ މީހުން ވަނީ އެ ފޮށްޓަށް ވޯޓުލައިފައެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ ވަރަށް ފޯރިއާއެކުގައެވެ. ބައެއް ވޯޓުފޮށިތަކުގެ ކައިރީގައި ހަމަނުޖެހުންވެސް ހިނގާފައިވެއެވެ. ހުރިހާ މައްސަަލައެއްގެ ތެރެއިން ވެސް އެމްޑީޕީން މަސައްކަތްކުރަމުންް ގެންދަނީ ވީހާވެސް އިންސާފުވެރިކޮށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ.