މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ގަނޑުމަޑުކުރުމަށް ބައެއް މީހުން މަސައްކަތްކުރާ ކަމަށް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭތް ނަމްބަރ 1 ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އެ މަނިކުފާނުގެ ފަރާތްޕުޅުން ބައެއް ވޯޓުފޮށިތަކުގެ ކައިރީގައި ތިބި އޮބްޒާވަރުންނާއި ތާއިދުކުރާމީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ. އެހެން ކަމުން އެމީހުން ވަގުތުންް ދޫކޮށްލުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވައިފިއެވެ.
"ބައެއް ވޯޓުފޮށި ކައިރީގައި އަޅުގަނޑުގެ ފަރާތުންތިބި ކިތަންމެ އޮބްޒާވަރުންނާއި ތާއިދުކުރާ މީހުން ފުލުހުން ފުލުހުންވަނީ ހައްޔަރުކޮށްފައި. އެމީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓުގަޑުބަޑުކުރާ މީހުންނާމެދު ފިޔަވަޅުއެޅުމަށް ގޮވާލަން،" ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ގައްދޫގެ ވޯޓުފޮށްޓެއްގެ ކައިރީގައި ހިނގި ހަމަނުޖެހުމެއްގައި ވެސް އަލުން ވޯޓުލުންކުރިއަށް ގެންދިޔައީ ރައީސް ނަޝީދުގެ މަންދޫބުން ބޭރުކުރުމަށްފަހު ކަމަށް އެމްޕީ ވައްޑެ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެގްޒިޓް ޕޯލް ތަކުން ދައްކާގޮތުގައި ރައީސް މުޙައްމަދު ނަޝީދު %64.7 އާއެކު އުޅުއްވަނީ ކުރީގައި ކަމަށެވެ. އެމަނިކުފާނު މި އިންތިޚާބު ކާމިޔާބު ކުރައްވައިފި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.