އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ނިންމައި ވޯޓުފޮށިތައް ގުނަން ފަށައިފިއެވެ. އަދި ބައެއް ފޮށިތަކުގެ ނަތީޖާވެސް ވަނީ އިއުލާން ކުރަން ފަށައިފައެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފައިވަނީ އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުން ރައީސް ނަޝީދު ވަނީ ޕްރައިމަރީ ކާމިޔާބުކޮށްފައި ކަމަށެވެ. އެއީ 64 ޕަސެންޓު ވޯޓުން ކަމަށް އެ ޓީމުން ބުނެފައިވެއެވެ. ރައީސް ސާލިހުގެ ޓީމުން ވެސް ބުނަމީ އިންތިޚާބު ކާމިޔާބުކުރާ ރައީސް ސާލިހު ކަމަށެވެ.

މިހާތަނަށް އިއުލާންކޮށްފައިވާ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ ރައީސް ސާލިހެވެ. ވަގުތީ ނަތީޖާ އިއުލާން ކުރަން ފެށިއަސް ލަހުން ވޯޓުލާން ފެށި ބައެއް ފޮށިތަކަށް ވޯޓުލުން 7 އަށް ކުރިއަށް ގެންދަންވަނީ ނިންމާފައެވެ.