އެމެރިކާގެ ރައީސަށްވެސް އަދި ޚާރިޖީ ވަޒީރަށްވެސް އަދި އެހެން އަސްކަރީ ވެރިންނަށް ވެސް ޖަނީންގައި އިޒްރޭލުން ހިންގި ގަތުލު އާންމު މާ ބޮޑު ކަމަކަށް ނުވިއެވެ. ވައިތްހައުސްގެ ތަރުޖަމާން ވަނީ އާދައިގެ މަތިން ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔާފަތިވަރު ދަމާފައެވެ. އެމެރިކާގެ މުސްކުޅި ރައީސް ވެސް ފަލަސްތީނުގެ ރައީސަށް ފޯނުން ގުޅާކަށްވެސް މަސައްކަތެއް ނުކުރެއެވެ.

ޒަޔަނިސްޓް ޔަހޫދީންގެ ގަތުލުއާންމަށް 24 ގަޑިއިރު ނުވަނީސް ފަލަސްތީނު މީހުން ދިން ޙަމަލާގައި އެމެރިކާގެ ރައީސާއި ޚާރިޖީ ވަޒީރާއި ސިފައިންގެ ވެރިން ވަނީ ވަރުވަރުން އިޒްރޭލަށް ގިޅާފައެވެ. ހީވަނީ އިޒްރޭލުގެ މުސާރަވެރިން ހެންނެވެ.

ސިޔާސީ މުނާފިގު ކަމާއި އިންސާނުންގެ ފުރާނަވެސް މި ވެރިން ގިންތި ކުރާ ގޮތް އެބަ އިނގޭ ނޫން ހެއްޔެވެ!