އެމެރިކާގެ މެމްފިސްގައި ކަޅު ނަސްލުގެ މީހުން މުޒާހަރާ ކޮށްފިއެވެ. އެމީހުން މުޒާހަރާ ކޮށްފައި ވަނީ ކަޅު މީހުންނަށް ދިރިހުރުމުގެ ހައްގެއް ނެތް ކަމަށާއި އެމީހުންގެ ފުރާނައިގެ އަގެއް ނެތް ކަމަށާއި އިންސާފު ނުލިބޭ ކަމަށް ބުނެއެވެ.
މި މުޒާހަހރާތައް ފެށިފައި ވަނީ އެންމެފަހުން ފުލުހުން މަރާލާފައިވާ ކަޅު ނަސްލު މީހާ މަރާލި ގޮތުގެ ވީޑިއޯ އާންމު ކުރުމާ ގުޅިގެންނެވެ.'
އެމެރިކާ ރައީސް ބުނެފައި ވަނީ އޭނާއަށް ނިކަން އެހާދިސާއިން އަސަރު ކުރާ ކަމަށެވެ! އަދި ހަމަނުޖެހުން ނުފެއްދުމަށް އޭނާ ވަނީ ގޮވާލާފައެވެ.
އެމެރިކާއިން އެއް އަހަރުގެ ތެރޭގައި ފުލުހުން ގެ އަނިޔާވެރިކަމުން 1200 މީހުން މަރާލާފައި ވެއެވެ.