ސައުދީ ވަލީ ޢަހުދު އަލްޢުލާގެ ރެސްޓޯރެންޓަކުން ފެނިގެން މީހުން އުފާ ފާޅުކޮށްފިއެވެ. މީސްމީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ރައްޔިތުންނާއި ބިދޭސީން ވަނީ އަމީރު މުޙައްމަދާއެކު ސެލްފީ ނަގާފައެވެ. އަދި ރައްޔިތުން ވަނީ އޭނާއަށް ތަހުނިޔާ ރައްދުކޮށްފައެވެ.

އަލްޢުލާގައި އަމީރު މުޙައްމަދު ވަޑައިގަތީ ފަރިއްކުޅުއްވަން ރެސްޓޯރެންޓަކަށވެ. އޭނާގެ އަރިހު އުރުދުންގެ ވަލީ ޢަހުދު އސަމީރު ޙުސައިން ބިން ޢަބްދުﷲއާއި އޮމާންގެ ވަލީ ޢަހުދު ޔާޒީން ބިން ހައިސަމް ބިން ތާރިޤް އާލަސަޢީދުވެސް އިންނެވިއެވެ.

އަލްޢުލާއަކީ ސައޫދީގައި މުނުފޫހި ފިލުވުމުގެ ހަރަކާތްތައް ބާއްވާ ސިޓީއެވެ.