އެމެރިކާގެ އިސް ޖެނެރަކަލު އޭނާގެ ސިފައިންނަށް 2025ގެ ހަނގުރާމައަށް ތައްޔާރުވާން އެންގުމުން ޗައިނާއިން ބުނީ ޓައިވާނަކީ ހުރަސް ކޮށްގެން ނުވާނެ ރަތް ރޮނގެއް ކަމަށެވެ.

ދުނިޔޭގެ ބާރުތައް އަލުން ތަރުތީބުވެ، މާލީ ދުނިޔެއާއި އަސްކަރީ ދުނިޔޭގައި އެމެރިކާ ކުރިން ދައްކަމުން އައި ޖައްބާރުކަން މިހާރު ވަނީ ކެނޑެން ފަށާފައެވެ. އެމެރިކާއަކީ ރައްޓެއްސަށް ވުރެން ބޮޑަށް ހަމަނުޖެހުން އުފައްދާ ބާރެއް ކަމަށް އަރަބި ގައުމުތަކުގައި ނަގާފައިވާ ޚިޔާލު ހޯދުމުންވެސް ދައްކައެވެ.

ވޮޝިންޓަން ޕޯސްޓުން، މި ހަފްތާގައި ޝާއިއުކުރި ރިޕޯޓްގައި އެމެރިކާގެ ވައިގެ ސިފައިންގެ ދަތުރުފަތުރާއި ތެޔޮ އަޅާ މަތިންދާބޯޓުތަކުގެ ފްލީޓް ބަލަހައްޓަވާ ޖެނެރަލް މައިކަލް މިނިހާން ވިދާޅުވީ 2025ގައި ޗައިނާއިން ޓައިވާނާ ހަނގުރާމަ ކުރާނެ ކަމަށް ތައްޔާރަށް ތިބެން ޖެހޭނެ ކަމަށެވެ.

ޔޫރަޕްގައި ކުލީ ހަނގުރާމައެއް ހިނގަމުން ދިއުމާއި ދެކުނު އިރުމަތީ އޭޝިއާގެ މަސްރަހު ކައްކާފައި ބޭއްވުމާއި މެދުއިރުމަތީގައި އީރާނަށް ބާރު ބޮޑު ކުރުމުން އުފެދޭ ސުއާލަކީ ދެން ފަށާ ހަނގުރާމައަށް އެމެރިކާ ފައްކާ ކުރާ މައިދާނަކީ ކޮބައި ބާވައެވެ؟