"އީޓުކުރި'' އަދި ''ކެއާޕްލަސް"އިން "އީޓުކުރި ސީރަމް ގިވްއަވޭ'' ނަމުގައި ޕްރޮމޯޝަންނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ އީޓުރިއާއި ކެއާޕްލަސްއާ ގުޅިގެން ހިންގާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގައި ހަދިޔާގެ ގޮތުގައި 10 ފުޅި ސީރަމް ލިބޭނެއެވެ. މިއީ ހަންގަނޑު އޮމާން އަދި އަލި ކޮށްދޭ ސީރަމް ތަކެކެވެ.
"އީޓުކުރި ސީރަމް ގިވްއަވޭ'' އިން ހަދިޔާކުރާ ސީރަމްތަކުގެ ތެރޭގައި
- ހަޔަލުރޯނިކްތްރީޑީ ސީރަމް ( Hyaluronic 3Dserum )
- ކޮލަޖެން ވިޓަމިންސީ ސީރަމް ( Collagen-vitaminC serum )
- ރެޓިނޯލް އީ ސީރަމް (Retinol’e serum
- ޕޯރް ޑައުންސައިޒަރ ސީރަމް (Pore downsizer serum)
- ނައިއަސިނަމައިޑް ޖީ ސީރަމް (Niacinamide-G serum)
- އަހާ ޕީލިން ސޮލޫޝަން (Aha peeling solution)
- ބީޓާ ސޮލޫޝަން (Beta solution)
- ގޯލްޑް ޕެޕްޓައިޑް 24ކޭ (Gold peptide 24k)
- އަދި ޕިއޯ ވިޓަމިން ސީ ސީރަމް (Pure vitamin c serum) ހިމެނެއެއެވެ.
އިންސްޓަގްރާމްއިން މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައެވެ. ބައިވެރިވުމަށް އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.
އެ އުސޫލުތަކުގެ ތެރޭގައި:
- އިންސްޓަގްރާމްއިން އީޓުކުރި އަދި ކެއަޕްލަސް މި ދެ ޕޭޖް ފޮލޯކުރުން.
- އީޓުކުރި ޕޭޖްއިން "އީޓުކުރި ސީރަމް ގިވްއަވޭ''ގެ ޕޯސްޓަށް ލައިކެއް ދިނުމަށްފަހު އިންސްޓަގްރާމްގެ ސްޓޯރީއަށް، އީޓުކުރި.އެމްވީ ޓެގް ކޮށް ޝެއަރ ކުރުން.
- މި ޕޯސްޓްގެ ކޮމެންޓްގައި ތިން ރައްޓެއްސެއްގެ ނަން ޓެގްކުރުން.
މީގެއިތުރުން އިތުރުވާ ކޮންމެ ކޮމެންޓަކުންވެސް ޕްރޮމޯޝަން ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވެއެވެ. މި ޕްރޮމޯޝަންގެ މުއްދަތު ހަމަވާނީ މިމަހު 28 އެވެ.
ކެއާޕްލަސްއަކީ ފާރމަސީތަކުންވެސް ލިބެންހުންނަ ހަންގަނޑު އޮމާންކޮށް އަދި ދުޅަހެޔޮކޮށް ބެހެޓުމަށް ބޭނުންވާ ތަފާތު ވައްތަރުގެ ސާމާނު ވިއްކާ ޕޭޖެކެވެ. މި ޕޭޖުން ވިއްކާ އެއްޗެހި އީޓުކުރީގެ ވެބްސައިޓް މެދުވެރިކޮށްވެސް ލިބެން ހުންނާނެއެވެ. އީޓުކުރިން ގަންނަ ކޮންމެ އެެއްޗެއް ގެއަށް ގެންގޮސް ދިނުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ގެންގޮސް ދޭނެއެވެ.