ވ. ފެލިދުއާއި، ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިއަދު ކުންފުންޏަކާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމަސައްކަތް ހަވާލުކުރެއްވީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަސް ތެރޭގައި ނިންމާ ގޮތަށް 23.128,793,33 ރުފިޔާއަށެވެ.

ފެލިދޫގައި ހިންގާ މަޝްރޫއުގެދަށުން

  • 165 މީޓަރުގެ ( 40 މީޓަރުގެ ހަތެއް)ބޮޑުހިލައިގެ ވައި-ގްރޮއިން ޤާއިމްކުރުން.
  • 129 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމް ކުރުން
  • 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޤާއިމްކުރުން.
  • 15،000 ކޮޑިމީޓަރގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރުން.

ކެޔޮދޫގައި ހިންގާ މަޝްރޫއުގެ ދަށުން

  • 280 މީޓަރުގެ )55 މީޓަރުގެ ތިނެއް( ބޮޑުހިލައިގެ ވައި-ގްރޮއިން ޤާއިމްކުރުން.
  • 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޤާއިމްކުރުން.
  • 20،000 ކޮޑިމީޓަރގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރުން

މި މަޝްރޫއުގެ މައިގަނޑު މަސައްކަތަކީ ފެލިދުއާއި ކެޔޮދޫގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ދެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސަޢުދުالله އަޙްމަދެވެ.