އުމަރު ނަސީރުގެ ރިޔާސީ ކެންޕޭން ހަރަކާތްތައް ފެށުމަށް ހުޅުމާލޭގައި ކެމްޕޭން ފޮތިތައް ދެމުމުން ފޮތިދެމޭނީ ފޮތިގަޑަކަށް ދުވާލަކު 10 ރުފިޔާ ދައްކައިގެން ކަމަށް އެޗުޑީސީން ބުނެފި ކަމަށް އުމަރުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.

އެ ޓީމުން ބުނެފައިވަނީ ހުޅުމާލޭގައި ދެމި ފޮތިތައް އެެޗުޑީސީން މިހާރުވަނީ ނަގައިފައި ކަމަށެވެ. "ކެންޕޭން ގެ ފަރާތުން ހުޅުމާލޭގައި ދެމި ފޮތިތަށް އެޗް،ޑީ،ސީ އިން ނެގުމަށް ފަހު އަންގަވާފައިވަނީ ހުޅުމާލޭގައި މި ކެންޕޭން ގެ ފޮތި ދެމޭނީ ފޮތިގަޑަކަށް ދުވާލަކަށް 10ރުފިޔާ ދައްކައިގެން ކަމަށެެވެ." އެޓީމުން ބުނެފައިވެއެވެ.

އުމަރުގެ ޓީމުން ބުނެފައިވަނީ މީގެ ހަފްތާ އެއްހާ ދުވަސް ކުރިން މުޅި ހުޅުމާލޭގެ އެތަން މިތަނުގައި ސަރުކާރު ޕާޓީގެ ދެ ކެންޑިޑޭޓް ގެ ފޮތިތައް ދަމާފަވަނީ މިފަދަ އެއްވެސް ހުރަސްއެޅުމެއް ނެތި ކަމަށެވެ. މިއީ ސިޔާސީ ކެންޕޭނެއްގައި ފައިސާ ދައްކައިގެން ފޮތިދަމަން އެންގި ފުރަތަމަ ފަހަރު ކަމަށް ވެސް އުމަރުގެ ޓީމުން ވަނީ ބުނެފައެވެ.