އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ ސަރުކާރުން އެގައުމުގެ ޖުޑިޝަރީއަށް އަތް ބޭނުމަށް ގާނޫނަށް ބަދަލު ގެންނަނީނަމަ، ހަތިޔާރު އަޅައިގެން ނިކުމެ ހަމަލާ ދޭން ފަސް ނުޖެހޭނެ ކަމަށް އިސްގާނޫނީ ވަކީލަކު ބުނެފިއެވެ. ޑޭވިޑް ހޮޑެކްއަކީ ހިތްވަރު ދިނުމުގެ މެޑެލް ލިބިފަިއވާ ޔޮމްކިޕޫރު ހަނގުރާމައިގެ ބަތަލެކެވެ.
ވަކީލުންގެ ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން އިއްޔެ އޭނާ ބުނެފައި ވަނީ އެހިސާބަށް އިޒްރޭލު ސަރުކާރުން ކަންކަން ގެންދަނީ ނަމަ އެކަމާ ދެކޮޅަށް އޭނާ ނިކުންނާނީ ހަތިޔާރު އަޅައިގެން ކަމަށެވެ.
އެކޮންފަރެންސްގައި ތިބި ބައެއް ޔަހޫދީން ވަނީ އޭނާއަށް ތާއީދުކޮށް އަތްތިލަބަޑި ޖަހާފައެވެ. ނަމަވެސް އެހެން ބަޔަކު ބުނެފައި ވަނީ އޭނާއާ ދެކޮޅަށް މައްސަލަ ޖައްސާނޭ ކަމަށެވެ.