ޔަހޫދީންނަށް ފާޑު ކިޔުމުގެ ސަބަބުން ނަސާރާ އެންގްލިކަން ފައްޅީގެ އިސްފާދިރީއަކަށް 12 އަހަރު ވަންދެން ފާދިރީކަން ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ. އިނގިރޭސިވިލާތުގެ އެންގްލިކަން ފައްޅީގެ ފާދިރީ ސްޓެފަން ސީޒަރ ބުނާ ގޮތުން ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ނިއުޔޯކްގެ ވޯލްޑް ޓްރޭޑް ސެންޓަރއަށް ދީފައިވަނީ ހަމަލާއަކީ ޔަހޫދީންނާއި އިޒްރޭލު އަޑީގައި އޮވެގެން ދީފައިވާ ހަމަލައެއް ކަމަށެވެ.

ސިޒަރ އަކީ 20 އަހަރު ވަންދެން ނަސާރާ ދީނުގައި ޒަޔަނިސްޓުންގެ ނުފޫޒު ފެތުރުމާ ދެކޮޅަށް ފޮތްތައް ލިޔެފައިވާ މީހެކެވެ. އޭނާ ބުނާ ގޮތުން ޒަޔަނިސްޓުންނަށް ވާގިވެރިވާ ނަސާރާއިންނަށް ކަނލާގެ ނު ފުއްސަވާނެއެވެ.

ބައެއް ނަސާރާއިންނަކީ ފައިސާގެ ބޭނުމަށް ކްރިސްޓިއަން ޒައެނިޒަމްއަށް ސަޕޯޓް ކުރާ ބައެއް ކަމަށް ތުހުމަތުކޮށް އޭނާ އެމީހުންނާ ދެކޮޅަށް ލިޔުންތައް ލިޔަމުން ގެންދެއެވެ.