ޗާޑްގެ އެމްބަސީއެއް މިއަދު އިޒްރޭލުގައި ހުޅުވާނެއެވެ. ޗާދްގެ ތިރީސް އަހަރުގެ ވެރިޔާ ޑިކްޓޭޓާ އިދްރީސް ޑީބީގެ ދަރިފުޅު މުހައްމަދު ޑީބީ މިހާރު ހުންނެވީ އިޒްރޭލުގައެވެ. އޭނާ ވަނީ އިއްޔެ ނަތަންޔާހޫއާ ބައްދަލުކޮށްފައެވެ.

މެދުތެރޭ އެފްރިކާގެ ފަގީރު ގައުމެއްކަމަށްވާ ޗާޑަކީ 1970ގައިވެސް އިދްރީސް ޑީބީގެ ވެރިކަކުގައި އިޒްރޭލާއެކު ސިޔާސީ ގުޅުން ގާއިމްކޮށްގެން އުޅުނު ގައުމެކެވެ. ލީބިޔާގެ ގައްޒާފީގެ ފިއްތުން ތަކާހެދި ގުޅުން ކަނޑާލަން މަޖުބޫރު ކުރުވީއެވެ.

ޗާޑްގެ ރައީސް މުހައްމަދު ޑީބީ ވެރިކަމަށް ވަޑަިއގަތީ އެ ގައުމުގައި ސިފައިން ބަޣާވާތް ކުރުމުން އެމީހުންނާ ދެކޮޅަށް ހަނގުރމައަށް ނިކުތުމުން ސިފައިންގެ ބަޔަކު އޭނާގެ ބައްޕަ އިދްރީސް އަވަހާރަކޮށްލުމަށް ފަހުއެވެ.