އިޒްރޭލުގެ ދެވަނައަށް އެންމެ ބޮޑު ބަނދަރުކަމަށްވާ ހައިފާ ބަނދަރު ގަތް ފަރާތަކީ އޭޝިއާގެ އެންމެ މުއްސަނދި މީހާއެވެ. އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ގުޖުރާތުގެ ގައުތަމް އަދާނީ އެވެ. ޔަހޫދީ ގައުމާއެކު ޑީލް ނިންމިތާ މާގިނަ އިރެއް ނުވެއެވެ. ބުލޫމްބާރގުން ބުނފައި ވަނީ އަދާނީ މިހާރު ދުނިޔޭގެ އެންމެ މުއެްސަނދި ދިހަ މީހުންގެ ތެރޭވެސް ނުހިމެނޭ ކަމަށެވެ.
އިންޑިއާގެ މީސްމީޑިއާގައި އާންމު ކުރަމުންދާ މައުލޫމާތު ބުނާ ގތުން އަދާނީ އިންޑިއާގެ އަރައި ހުރި ސާދާގަރެއްކަމުގައި ވިއަސް އޭނާއަކީ އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހެއް ނޫނެވެ. އެހެންވެ، މީހުން ވަނީ އޭނާގެ ފައިސާ ވަންނަ ދިމާއަކާ ބެހޭ ގޮތުން ސުއާލު ކޮށްފައެވެ.
އިންޑިއާގެ އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތަކީ ރިލައެންސް އެވެ. އެއަށްފަހު އެސްބީއައި އެވެ.
އަދާނީ ވަނީ ހައިފާ ޕޯޓު ގަތް އިރު، އޭނާގެ ކުންފުނީގެ 2.5 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކުމަށް ނިންމާފައެވެ. ނަމަވެސް އެކުންފުނީގެ ހިއްސާތައް އަގު ވެއްޓިގެން ދިއުމުން އަދާނީ ވަނީ އެކަން ކެންސަލް ކޮށްފައެވެ.
ނޫސް ލިޔާއިރު ދިވެހިބަހުގެ ހަމަތަކާ އުސޫލުތަކަށް އެބަ ބަލަންޖެހޭ ބަސް ލިޔާއިރު ބައެއް ބަސްތަކުގައި އަލިފުގެ ބަދަލުގައި ވާވު އެބަ އިސްކުރަން ޖެހޭ މިސާލަކަށް ސުއާލު މިހެން ލިޔުމުގެ ބަދަލުގައި ސުވާލު މިހެން ލިޔަން ޖެހޭނީ ފަސޭހައިން ބަސް މޮށެ އުޅެނީ ކިޔާލަން އަނގަޔަށް ފަސޭހައީ މި ލަފުޒު ނުވަތަ މި އަކުރު ފާޅު ކުރީމަ ކަމަށް ވާތީ!
ބަލަ ނޫސްވެރިންނޭ ކިޔާފައި އޯ ލެވެލް ދިވެހިން ފާސް ނުވާ މީހުން ނޫސް ލިޔަން އުޅުނީމަ ވާނީ މިހެން