އެންމެ އަގުހެޔޮ އެއަރ އަދި ސީ ފްރައިޓްތަކާއެކު އެލޯޒީ އެކްސްޕްރެސް ތައިލެންޑު ކޯލިމިޓެޑުގެ ނަމުގައި އޮފީހެއް ތައިލެންޑުގައި ހުޅުވައިފިއެވެ.
މިއީ މީގެ އަހަރެއްހާދުވަސްކުރީން ލަންކާ އަދި ޗައިނާ އިން ރާއްޖެއަށް މުދާ ފޮނުވުމަށް ހަރަކާތްތްތެރިވެފައިވާ ކުންފުންޏެކެވެ. އެކުންފުނިން ވަނީ ލަންކާއިންނާއި ޗައިންނާ އިން ރާއްޖެއަށް މުދާ ފޮނުވުމުގައި ކަސްޓަމަރުންގެ މަގުބޫލްކަން ހޯދައިފައެވެ.
އެލޯޒީއިން ތައިލެންޑުގައި މި ހުޅުވި އޮފީހަކީ ރާއްޖޭގެ ވިޔަފާރިވެރީންނަށް ފަސޭހަ އަދި އަވަސްކަމާއެކު މުދާ ފޮނުވުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް އެތަނުން ބުންޏެވެ.
ބެންކޮކުން ރާއްޖެއަށް ކަނޑުމަގުން މުދާ ފޮނުވާ ރޭޓު
- ކޮންމެ ސީބީއެމް 145 ޑޮލަރަށް
- 40 އެޗުކިއު 5200 ޑޮލަރު
- 20 އެފްސީއެލް 3150 ޑޮލަރު
އެއަރ ފްރައިޓު އަގުތައް
- 45 ކިލޯއިން ފެށިގެން 100 ކިލޯއަށް 4.50 ޑޮލަރު
- 101 ކިލޯއިން ފެށިގެން 250 ކިލޯއާ ހަމައަށް 4.25 ޑޮލަރު
- 251 ކިލޯއިން ފެށިގެން 300 ކިލޯއާ ހަމަށް 3.95 ޑޮލަރު
- 301 ކިލޯއިން ފެށިގެން 500 ކިލޯއަށް 3.70 ޑޮލަރު
- 1000 ކިލޯއިން މަތި 3.10 ޑޮލަރު
އެލޯޒީން ބުނީ އެކުންފުނީގެ ޚިދުމަތް އިތުބާރު ބޮޑުވެފައި އަވަސް ވާނޭ ކަމަށެވެ. ކަސްޓަމަރުންނާ އޮންނަ ގުޅުން ވަރުގަދަވާނޭ ކަމަށެވެ.