ފިންލޭންޑްގައި ކީރިތި ޤުރުއާން އަންދާލުމަށް ފުރުސަތު ނުދޭނެ ކަމަށް ފިންލެންޑު ފުލުހުން ބުނެފިއެވެ. އެގައުމުގެ ފުލުހުން ބުނެފައިވަނީ ޤުރުއާން އާންމުތަނެއްގައި އަންދާލުމަކީ އެގައުމުގައި ހުއްދައެއް ނޫންކަމަށެވެ.
ތުރުކީން ދަނީ ކީރިތި ޤުރުއާން އަންދާލުމަށް ހިތްވަރުދޭ ސޮލީބީންނާ ދެކޮޅަށް ހަރުކަށި ޑިޕްލޮމެޓިކް ބަހުރުވަ ބޭނުން ކޮށް ފިއްތަމުންނެވެ. ފިންލޭންޑްގެ ނިއުސް އެޖެންސީ އެސްޓީޓީއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކީރިތި ޤުރުއާނު އަންދާލުމަކީ ފިންލޭންޑްގައި އަދަބު ލިބޭނެ ކުށެ ކަމަށެވެ. އަދި އެފަދަ އަމަލަކީ، ދީނީ ސުލްހައާ ހިލާފު ކަމެއް ކަމަށް ނޭޝަނަލް ޕޮލިސް ބޯޑުން ބުނެފައިވާ ކަމަށެވެ.
އެއްވެސް ދީނެއްގެ މުޤައްދަސް ފޮތެއް އާންމުކޮށް އަންދާލުމާއި ނުވަތަ އެނޫންވެސް ގޮތަކަށް އެފޮތަށް ހުތުރު އެރުވުމަކީ ފުލުހުންގެ ފަރާތުން އެކަމަކަށް ތަދައްޚުލުވާނެ ކަމެއް ކަމަށް ފުލުހުން އިތުރަށް ބުނެފައިވެއެވެ.