ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް ދުވަހަކުވެސް ހުއްދައެއް ނުކުރެވޭނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ރިޔާސީ ކެމްޕޭން ފެށުމަށް ރޭ ސަލްޓަންޕާކުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދިވެހި މުޖުތަމައަކީ ސައްތައިން ސައްތަ އިސްލާމީ މުޖުތަމައެއް ކަމަށެވެ.

ޚަބ"ވަރަށް ސާފުކޮށް މިދަންނަވަނީ ދިވެހި މުޖުތަމައަކީ ސައްތައިން ސައްތަ މުސްލިމް މިޖުތަމައެކޭ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީ އެއްވެސް ބާވަތެއް ދުވަހަކުވެސް ހުއްދައެނުކުރެވޭނެ،" އުމަރު ވިދާޅުވިއެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރުމަކީ ކުށެއް ކަމަށާއި އެކުށްކުރާ މީހުންނަށް އަދަދު ދެވޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ އަދަބުގެތެރޭގައި ފަރުވާ ވެސް ހިމެނޭނޭ ކަމަށާއި އެ ފަރުވާ ވީހާވެސް ރަނގަޅަށް އޭނާގެ ވެރިކަމެއްގައި ދެއްވާނޭ ކަމަށް ވިދާޅުވިއެވެ.

ރޭގެ މިހަފްލާގައި އުމަރުވަނީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެ ވައުދުތައް ފުއްދަވައިދެއްވާނޭ ކަމަށާއި ރާއްޖޭގައި އިންސާފުވެރި އިސްލާމީ ވެރިކަމެއް ކޮށްދެއްވާނޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.