ގުއިވަޅު މެއްސާއި ކުރައްޕާއި ފަނިފަކުސަ ކެއުން ހުއްދަ ކޮށް ޔޫރަޕްގެ ޖަމާއަތުން ނިންމި ނިންމުމާ ގުޅިގެން ޤަތަރުން ދީނީ ނަޒަރަކުން އެމައްސަލައަށް އަލިއަޅުވާލައިފިއެވެ. ޤަތަރުން ބުނެފައި ވަނީ ޔޫރަޕް މީހުން ގުއިވަޅު މެއްސާއި ކުރަފިކެއުން ހުއްދަ ކުރިނަމަވެސް، އިސްލާމީ ނަޒަރަކުން އެހީ ހާލާލު ކާނާއެއް ނޫން ކަމަށެވެ.

މާއްދިއްޔަތަށް ގޮސް ހުސްވެ، ރޫހާނީ ދާއިރާއިން ބިކަ ވެފައިވާ ޔޫރަޕްގައި ޕްރޮޓިން ލިބިގަތުމުގައި ޖަނަވާރަށް ބަރޯސާ ވުން ކުޑަ ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގޮއްފުޅަނގިއާއި ފަނި އެއްކޮށްގެން އުފައްދާ ކާނާ ވިއްކުން ވިލާތުގެ އިއްތިހާދުން ހުއްދަ ކުރިއެވެ. އެގޮތުން، ގޮއްފުޅަނގިއާއި ގުއިވަޅު މެއްސާއި ފަނިތަކުން އުފައްދާ ޕައުޑަރާއި ޕޭސްޓާއި އަދި ހިއްކާފައި ހުންނަ އެބާވަތުގެ ފަންޏާއި ގަނޑުކޮށްފައި ހުންނަ ފަނި ކާނާގައި ބޭނުން ކުރުމާއި ވަކިން ކާނާއަށް އެޅުމަށް ވިއްކުމަކީވެސް ހުއްދަކޮށްފައިވާ ކަމެކެވެ.

ޤަތަރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެވެރިންގެ އެބާވަތުގެ ކާނާއަކީ، ހަލާލް ކާނާގެ ޓެކްނިކަލް ރެގިއުލޭޝަންއަށް ފެތޭ އެއްޗެއް ނޫން ކަމަށެވެ. އަދި އިތުރަށް ބުނެފައި ވަނީ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގަވާއިދުތައްވެސް އެފަދަ ކާނާއަށް ހުއްދަ ނުކުރާ ކަމަށެވެ.

ދަންނަބޭކަލުން ގިއްފުޅަނގި ހަލާލުކަމަށް ބުނެއެވެ. އަދި ބައެއް ފަރާތްތަކުން ފަނިވެސް ހުއްދަ ކުރެއެވެ. ނަމަވެސް އިޖުމާޢަކީ، ފަންޏަކީ ތާހިރު އެއްޗެއް ނޫން ކަމަށެވެ.

ޤަތަރަށް އެތެރެ ކުރާ ކާނާގެ ބާވަތަކީ، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ލެބޯޓްރީންތަކުން ފާސްކޮށްގައިވާ އަދި އެގައުމުގެ ހެލްތު މިނިސްޓްރީން އެކްރެޑިޓް ކޮށްފައިވާ އިސްލާމީ އިދާރާތަކުން ހުއްދަކަމަށް ބަލައިގަންނަ ހަލާލް ލޭބަލް ކޮށްފައިވާތަކެތި ކަމުގައި ވާން ޖެހެއެވެ.