އިންޑިއާގެ ޕާލަމެންޓްގައި މައުލޫމާތު ދެއްވަމުން އިންޑިއާގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފައި ވަނީ އިންޑިއާގެ 111 (ސަތޭކަ އެގާރަ) ހެދި ހަނދު ޖައްވުގައި ހުރި ކަމަށާއި އަދި ސްޕޭސްގައި އިންޑިއާއަށް ނިސްބަތްވާ 105 ކުންޏެއް ހުރި ކަމަށެވެ.

ޖައްވުގައި އުފެދޭ ސްޕޭސް ޖަންކު ކުންޏާ ބެހޭ ގޮތުން އިންޑިއާއިން އަބަދުވެސް ދިރާސާ ކުރާކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޖީން ބުނެފިއެވެ. އިންޑިއާގެ ޖައްވީ އިދާރާ އިސްރޯއިން މަސައްކަތް ކުރަމުން ދަނީ ޖައްވުގައި ބަހައްޓާފައިވާ ހެދި ހަނދުތައް އެކަތި އަނެކައްޗާ މުޑި ނަރާގޮތަށް ބެހެހއްޓުމަށެވެ.

އިސްރޯއިން ވަނީ އެކަމާ ބެހޭ ދިރާސާތަައް 1990ން ފަށާފައެވެ. އަދި އެފަދަ ދިރާސާތައް ހެދުމަށް ޚާއްސަ ޔުނިޓެއްވެސް އިސްރޯއިން ގާއިމް ކޮށްފައި ވެއެވެ.

ނިމިދިޔަ 2022 ވަނަ އަހަރު އިންޑިއާއިން ވަނީ ސްޕޭސްގައި ހެދި ހަނދު މުޑި އެރުމުގެ 22 ހާދިސާއަކުން ސަލާމަތް ކޮށްފައެވެ.