އިޒްރޭލުގެ ޔަހޫދީން ތިބީ ފަލަސްތީނުގެ ބިން އަޑިންވެސް އިސްތިއުމާރުކޮށްގެން ދިގު މުއްދަތަކަށް ތިބޭށެވެ. އިޒްރޭލު ބޮޑު ވަޒީރު ބެންޔަމީން ނަތަންޔާހޫ ޕެރިކަށް ކުރި ދަތުރުގައި ފަރަންސޭސި ވިޔަފާރިވެރިންނާ ވާހަކަ ދައްކަމުން ބުނެ ފައިވަނީ އިޒްރޭލުން ބޭނުން ވަނީ އިޒްރޭލުން ހުޅަނގު އައްސޭރީގެ ބިންތައް ގަދަކަމުން ހިފައިގެން ވަޒަންވެރިކޮށްފައިވާ އިސްތިއުމާރީ ޔަހޫދީން އެމީހުންގެ އާބާދީތަކާއި އިޒްރޭލާ ދެމެދު ދަތުރު ކުރުމަށް ބިމު އަޑިން ހައި ސްޕީޑް ދަތުރުކުރާ ރޭލު މަގުތައް ހަދަން ބޭނުންވާ ކަމަށެވެ.

ޔަހޫދީން ގެ އާބާދީއެއް ހުޅަނގު އައްސޭރީގައި

ނަތަންޔާހޫ މިސާލު ޖަހާފައި ވަނީ ދުނިޔޭގައި އެންމެ އަވަހަށް ބިން ގަނޑު ތޮރުފައި މަގު ހަދާ އިލޯން މަސްކުގެ ބޯރިންގ ކުންފުންޏާއި އޭނާ އީޖާދު ކުރުމަށް މަސައްކަތް ކުރާ ހައިޕާ ލޫޕާ ރޭލުންނެވެ. ނަތަންޔާހޫ ބޭނުންވަނީ ޔަހޫދީންނަށް އެފަދަ މުވާސަލާތީ ވަސީލަތެއް ގާއިމް ކޮށްދީ ފަލަސްތީނު މީހުންގެ ބިންތައް ހިފައިގެން އުޅޭ ޔަހޫދީންނަށް ހަމަލަ ނުދެވޭ ގޮތް ހަދާށެވެ.