އިންޑިއާގެ ބޮޑު ވަޒީރަށް ތާއީދު ކުރާ، ވިޔަފާރިކޮށް އުޅޭ އިސްފާދިރީއެއް ނަފްރަތު އުފެއްދުމުގެ ވާހަކަތައް ދެއްކުމުގެ ތުހުމަތުގައި އިންޑިއާ ފުލުހުން މައްސަލައެއް ބަލަން ފަށައިފިއެވެ. ބާބާ ރާމްދޭވާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ ރާޖަސްތާނުގެ ބާމަރު ޑިސްޓްރިކްޓްގައި އޮތް ބައްދަލުވުމެއްގައި ދެއްކެވި އިޖުތިމާއީ ހަމަނުޖެހުން އުފެދޭފަދަ ވާހަކަތަކާ ގުޅިގެންނެވެ. ޔޯގާ ހެދުމަށް މަޝްހޫރު ގުރޫ ރާމްދޭވްއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އިޖުތިމާއީ ހަމަނުޖެހުން އުފެއްދުމަށް އެއްވެސް މީހަކު އެއްވެސް ތަނެއްގައި ވާހަކައެއް ދައްކަނީ ނަމަ އެކަމަކާ ދެކޮޅަށް ވަގުތުން މައްސަލަބެލުމަށެވެ.
ރާމްދޭވްގެ ނަފްރަތުގެ ވާހަކަތައް ދައްކާފައި ވަނީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. އޭނާ ވަނީ ހިންދޫ ދީނާއި އިސްލާމްދީނާއި ކްރިސްޓިއަން ދީނާ އަޅާކިޔައި މުސްލިމުން ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމަށް ބުނެ، އަދި ހިންދޫ އަންހެނުން ވަގަށް ނަގާ ކަމަށް ތުހުމަތު ކޮށްފައެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެ ދެ ޢަޤީދާއަކީ އިސްލާމްވުމަށް އޯބްސެސްޑް ވެފައިވާ ދެ ޢަޤީދާއެއް ކަމަށާއި ހިންދޫ ދީނަކީ އެ ދީނަށް ތަބާވާ މީހުންނަށް ހެޔޮކަންތައްތައް ދަސްކޮށްދޭ ދީންތަކެއް ކަމަށެވެ.