ދުނިޔޭގެ އިގްތިސާދީ އެންމެ ބޮޑު 20 ގެ ނިސްބަތުން އިންޑިއާއަކީ އެންމެ ބާރަށް އިއާދަކުރަނިވި ހަކަތައަށް އެނބުނު ގައުމުކަމުގައި އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީން ބުނެފިއެވެ. އެ އިދާރާއިން އިންޑިއާއާ ބެހޭ ރިޕޯޓެއް ނެރެފައި ވަނީ ތިން ދުވަހުގެ މުއްދަތަށް ބެންގަލޯރގައި އިންޑިއާގެ ބޮޑު ވަޒީރު އިފްތިތާހު ކުރާ ލައިފްސްޓައިލް ފޯ އެންވަޔަރަންމަންޓް މައުރަޒުގެ ކުރިންނެވެ. އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީން ބުނެފައި ވަނީ އިންޑިއާއަކީ، ޖީ20ގެ އެހެން ގައުމުތަކަށް އިންޑިއާގެ ތަޖުރިބާ ދައްކާލެވޭނެ ގައުމެއް ކަމަށެވެ. އިންޑިއާއިން މަސައްކަތް ކުރަނީ ހޭލުންތެރި ކަން އުފައްދައިގެން ހަކަތަ ބޭނުން ކުރާ ވަރުމަދުކުރާއި ހަކަތައަށް ބަރޯސާވާ މިންވަރު މަދު ކުރުމަށެވެ. އެގޮތުން އިންޑިއާއިން އަޅަމުންދާ ފިޔަވަޅުތަކުން 2030 ވަނަ އަހަރު ދުނިޔޭގެ ކާބަން ޑައިއޮކްސައިޑް ދޫކުރާ މިންވަރު 2 ބިލިއަން ޓަނަށްވުރެން ދަށް ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ. އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީން ގޮވާލާފައި ވަނީ އިންޑިއާއިން އެހެން ގައުމުތަކަށްވެސް އިންޑިއާގެ ތަޖުރިބާ ކިޔައި ދިނުމަށެވެ.

މިދިޔަ އަހަރު ގްލާސްގޯގައި އޮތް ކޮޕް ސަމިޓްގައި އިންޑިއާގެ ބޮޑު ވަޒީރު ވަނީ ލައިފް އިނިޝިއޭޓިވް ތައާރަފް ކޮށް ދެއްވާފައެވެ.

އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީން ބުނާ ގޮތުން ލައިފްގެ ތެރޭގައި އިންޑިއާއިން ހުށަހަޅާފައވާ ގޮތަށް ކަންކަން ކުރިއަށް ގެންގޮސްފިނަމަ، 2030 ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައިވެސް ކޮންސިއުމަރުންނަށް ގާތްގަނޑަކަށް 440 ބިލިއަން ޑޮލަރު ސަލާމަތް ކުރެވިދާނެއެވެ.

2027 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަށް ވާނެ ކަމަށ އައިއެމްއެފްއިން ލަފާ ކޮށްފައިވާ އިންޑިއާއިން ވަނީ ތެޔޮ އަންދައިގެން ދުއްވާ އުޅަނދުފަހަރުގެ ބަދަލުގައި ބެޓެރިއާއި އިއާދަކުރަނިވި ހަކަތައިން ދުއްވާ އުޅަނދު ބޭނުން ކުރުމަށް ބާރުއަޅައި އެކަމާ ގުޅޭ ސިޔާސަތުތައް ތައާރަފް ކޮށްފައެވެ. އަދި އޭގެ އިތުރުން އިންޑިއާއިން ވަނީ މީހުން އަމިއްލަ ގޭގައި އަވިން ހަކަތަ އުފެއްދުމަށް ސޯލާ

އިންޑިއާގައި ތައާރަފް ކޮށްފައިވާ ފެހި ހަކަތައަށް ބާރުއަޅާ ޕޮލިސީތަކާއި ހޭލުންތެރިކުރުމުގެ ކެމްޕޭންތަކުގެ ސަބަބުން ވެސް 2022 ވަނަ އަހަރު އިލެކްޓްރިކް ޕެސެންޖަރު ވެހިކަލްތަކުގެ މާކެޓް ހިއްސާ ގާތްގަނޑަކަށް ފަސް ޕަސެންޓަށް އިތުރު ވެފައި ވެއެވެ.

އިންޑިއާއިން ވަނީ ތިން ރޮނގަކުން އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް މަސައްކަތް ފަށާފައެވެ.

ފުރަތަމަ ކަމަކަށް، އިންޑިއާއިން ވަނީ އަގުހެޔޮ ކޮށް ސާފު ހަކަތަ ލިބޭގޮތް ހަދައިދޭން ޕޮލިސީތަކަށް ބަދަލު ގެނަސްފައެވެ. 2030 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގައި 50 ޕަސެންޓް ކަރަންޓް އުފައްދާނީ އިއާދަ ނުރަނިވި ހަކަތައިންނެވެ.

2030 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 5 މިލިއަން ޓަނުގެ އިއާދަކުރަނިވި ހައިޑްރޯޖަން އުފެއްދުމަށް ނޭޝަނަލް ގްރީން ހައިޑްރޯޖަން މިޝަނެއް ފަށާފައި ވެއެވެ.

ދެވަނަ ކަމަކަށް އިންޑިއާއިން މަސައްކަތް ކުރަނީ ސޯލާ ޕީވީ އާއި އެޑްވާންސް ބެޓެރީ އަދި އިލެކްޓްރިކް ވެހިކަލްތައް އިންޑިއާގަައި އުފެއްދުމަށް ހިންވަރު ދިނުމަށެވެ.

ތިންވަނަ ކަމަކީ، ކަރަންޓު އުޅަނދު ގަތުމަށް ބާރުއެޅުމާއި، އާންމު ދަތުރުފަތުރަށް ކަރަންޓު ބަސް ބޭނުން ކުރުމެވެ.

އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީން ބުނެފައި ވަނީ އިންޑިއާގެ މި މަސައްކަތް ކާމިޔާބު ކުރެވޭނީ ދުނިޔެއިންވެސް މިއިން އިބްރަތް ލިބިގަނެ އިންޑިއާއަށް އެއްބާރުލުން ދިނުމުން ކަމަށެވެ.