ދެން އީސީޖީއާއި ލޭގައި އޮކްސިޖަން ހުރި މިންވަރު ބަލަން މާއުނދަގޫ ކަމަކށް ނުވާނެއެވެ. އެޕަލްއިން ޕްރޮޑަކްޓްތައް ދައްކާލުމަށް ބޭއްވި އިވެންޓްގައި ދައްކާލި، އެޕަލް ވޮޗް ސީރީސް6 ގައި ސިއްހަތާއި ދުޅަ ހެޔޮކަމަށް ބޭނުންވާ މިކަހަލަ ހުރިހައި ފީޗާތަކެއް ހިމަނާފައި ވެއެވެ.

ލޭގައި އޮކްސިޖަން ހުންނަ މިންވަރުވެސް އެންމެ 15 ސިކުންތު ތެރޭން ދައްކައެވެ.

މިހާރުވެސް ފިޓްބިޓް އިންކް އިން އުފައްދާ ގަޑިތަކުގައި މިފަދަ ޚާއްސަ ފީޗާތަކެއް ހުރެއެވެ. ގޫގަލްއިން އުޅެނީ 2.1 ބިލިއަން ޑޮލަރަށް އެކުންފުނި ގަންނާށެވެ.

އެޕަލްގެ މި އައު ގަޑިއަކީ ކޮވިޑް ޒަމާނަސް ނިކަން ހެޔޮވަރު ގަޑިއެކެވެ. މީހާ އަތް ދޮންނަ އިރު އަތުގެ ހަރަކާތާއި އަޑުންވެސް މިކަން ފާހަގަކޮށް 20 ސިކުންތަށް ދޮވުމަށް އިރުޝާދު ދޭނެއެވެ.

އެޕަލްގެ ހެޑްކުއާޓަރުގައި ބާއްވާފައިވާ މިއިވެންޓްގައި ދައްކާލި ގަޑީގެ ކަމަރަކީވެސް 11 ކުލައިން ލިބެން ހުންނަ އަތަށް ހެޔޮވަރުކޮށް ފައްތާލެވޭ އެއްޗެކެވެ. މީގައި ބަކަލް ގަނޑެއް ނުވަތަ ތަންޑެއް ނުހުންނާނެއެވެ.

މީގައި ޓިމް ކުކް ވަނީ އައު 8 ވަނަ ޖީލުގެ އައިޕެޑް ވެސް ދައްކާލާފައެވެ. އޭނާ ވިދާޅުވިގޮތުގައި އައިޕެދްގެ އުމުރުން މިހާރު ދިހަ އަހަރުވެފައިވާއިރު 500 މިލިއަން އައި ޕެޑް ވަނީ ވިއްކާފައެވެ.

329 ޑޮލަރަށް ވިއްކާ މި އައިޕެޑަކީ ކީބޯޑާ ގުޅޭ އަދި އެޕަލްގެ ފަންސުރުވެސް އޭގައި ބޭނުން ކުރެވޭ އެއްޗެކެވެ. ސްކޫލުތަކަށް ޚާއްސަ ވައްތަރުގެ އަގަކީ 299 ޑޮލަރެވެ.

އައު ޑިޒައިންއެއްގެ އައި ޕެޑް އެއަރ ވެސް ދައްކާލުން އޮތެވެ.

އައިފޯން 12 5ޖީ ދައްކާލުން އޮންނާނީ އަންނަ މަހުތެރޭގައެވެ.