އަރވިންދް ކްރިޝްނާ

އައިބީއެމް: އަރްވިންދް ކްރިޝްނާ

އިންޑިއާ ދަރިކޮޅުގެ އަރވިންދް ކްރިޝްނާ، އައިބީއެމް ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފިއެވެ. ކްރިޝްނާއަކީ އައިބީއެމް ކުންފުނީގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު ފުރުއްވާފައިވާ އެކުންފުންޏަށް ފަރިތަ ބޭފުޅެކެވެ.

ފޯރޗޫން މަޖައްލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިބީއެމްއިން އުންމިދު ކުރަނީ، މައިކްރޯސޮފްޓްގެ ސަތިޔަ ނަޑެއްލާއާއި އެއްފަދަ ފަސަމަންޒަރެއް ހިއްސާކުރާ ކްރިޝްނާއަށް މިމަގާމު ދިނުމުން އައި ބީމއެމްއަށް އައު ދިރުމެއް އަންނާނެ ކަމުގައެވެ.

ސީއެންބީސީގައި ވާހަކަދައްކަވަމުން ކްރިޝްނާ ވިދާޅުވީ މި ދުވަސްވަރު މުވައްޒަފުންނާ ބައްދަލުކުރުމަށާއި މަޢްލޫމާތު ދިނުމަށް އޭނާ ބޭނުންކުރާނީ ވީޑިއޯ ކޮންފަރެންސިންއާއި އީމެއިލް ކަމަށެވެ. އަދި އައިބީއެމްއަށް އުންމީދުވެރި ދުވަސްތަކެއް އޮތްކަމަށް އޭނާ ދެކިލައްވައެވެ.

ކްރިޝްނާއަކީ ކާކު:

އިންޑިއާގެ އަންދްރަޕްރަދޭޝްއަށް އުފަން ކްރިޝްނާއަކީ 15 އައު އުފެއްދުން ރަޖިސްޓްރީ ކުރުމުގައި ބައިވެރިވެފައިވާ މީހެކެވެ. އޭނާ ސާނަވީ ތަޢްލީމާއި ޔުނިވަރސިޓީ ތަޢްލީމު ހާސިލުކުރެއްވީ އިންޑިއާގައެވެ. އޭނާ ޑިގްރީ ހާސިލުކުރެއްވީ އައިއައިޓީ ކާންޕޫރުންނެވެ. އަދި އެމެރިކާގައި ޕީއެޗްޑީ ހާސިލު ކުރީ އިލެކްޓިކަލް އިންޖިނިއަރިންގެ ދާއިރާއިންނެވެ.

އިންޑިއާ ސިފައިންގެ އޮފިސަރެއްގެ ދަރި، ކްރިޝްނާ ވަނީ އައިބިއެމްގައި މަސައްކަތް ކުރަން ފެށިފަހުން އައިބިއެމްގެ ރިސާރޗް ޑިވިޝަންއަށް އައު ދިރުމެއް ގެނެސްދީފައެވެ. އަދި 1918ވަނަ އަހަރު އައިބީއެމްއިން ރެޑްހެޓް ކުންފުނި 24 ބިލިއަން ޑޮލަރަށް ގަތުމުގައި މޭސްތިރިއަކީވެސް ކްރިޝްނާއެވެ. އޭނާ އައިބިއެމްގައި ހޭދަ ކުރެއްވީ 30 އަހަރެވެ.

ކްރިޝްނާ އައިބިއެމްއާ ހަވާލުވިއިރު އައިބީއެމްގެ ވިޔަފާރިފުޅާވުމާއި ފައިދާ އިތުރުވުމާ މެދު އުފެދިފައިވާ ސުއާލަކީ، ސަތިޔަ ނަޑެއްލާ މައިކްރޯސޮފްޓާ ހަވާލުވިރު އެކުންފުނީގެ މުސްތަގްބަލާމެދު އުފެދިފައި އޮތް ސުއާލުތަކެވެ. ކްރިޝްނާ އަކީ އެމެރިކާގެ ބޮޑެތި މަލްޓިނޭޝަނަލް އެތައް ކުއްފުންޏެއް ހިންގުމުގައި އެންމެ އިސްކޮށް ތިބި އިންޑިއާ ދަރިކޮޅުގެ މީހުންގެ ލިސްޓަށް އިތުރުވި ނަމެކެވެ.

މާސްޓާ ކާޑްގެ އެގްޒެކްޓިވް ޗެއަރމަން އަޖޭ ބަންގާ

އަޖޭ ބަންގާއަކީ އިންޑިއަން އިންސްޓިއުޓް އޮފް މެނޭޖްމަންޓް އަހްމަދުއާބާދުން ތަޢްލީމު ހާސިލުކުރި ޕޫނާގެ އުފަން މީހެކެވެ. އޭނާގެ ބައްޕައަކީ ސިފައިންގެ ޖެނެރަލެކެވެ. އަދި އޭނާ ސާނަވީ ތަޢްލީމް ހާސިލުުކުރީ ހައިދަރްއާބާދުގައެވެ. ޔުނިވަރސިޓީ ތަޢްލީމު ހާސިލު ކުރީ ނިއުދިއްލީގައެވެ.

އަޖޭ ބަންގާ

އެޑޯބް ކުންފުނީގެ ސީއީ އޯ ޝާންޓެނޫ ނާރާޔެން:

ނާރާޔެންއަކީ އިލްކްޓްރޯނިކްސް އިންޖިއަރިންގާއި ކޮމްޕިއުޓަރ ސައިންސްގެ ރޮނގުން ކިޔަވާފައިވާ މީހެކެވެ. އޭނާ އުފަންވީ ހައިދަރްއާބާދަށެވެ. އަދި ތަޢްލީމު ހާސިލުކުރީ އުސްމާނިއްޔާ ޔުނިވަރސިޓީއިންނެވެ.

އޭނާގެ މަންމައަކީ އެމެރިކަން ލިޓެރޭޗަރ ކިޔަވައިދިން މީހެކެވެ. އަދި ބައްޕައަކީ ޕްލާސްޓިކް އުފައްދާ ކުންފުންޏެއް ހިންގި މީހެކެވެ.

ނަރަޔާނަން