ދިވެހި ގައުމަށް ހެޔޮއެދޭ ބަޔަކު ސަރުކާރުކާރު އިނދަޖައްސާލަން މަސައްކަތް ނުކުރާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ އިސްލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުން މަޑުޖައްސާލައި ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ރައީސް ނަޝީދު ފެކްޝަނުން ސިވިލްކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ. އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރެވެ.
މިކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕާޓުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުންތަކާއި ޕާޓީގެ އަސާސީ ގަވާއިދަށް ކަނޑައެޅިގެން ދެކޮޅުހަދާ ބޭފުޅުން އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވުމުގެ ބަދަލުގައި ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށެވެ.
އިންތިޚާބެއްގައި ބަލިވުމުން ޑިމްކޮރަޓިކް ހަމަތައް ގަބޫލުކުރާ ކޮންމެ ބޭފުޅަކުވެސް ބަލި ގަބޫލު ކުރައްވާނޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. "ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު ކޮވިޑްގެ ހާލަތުން އަރައިގެން ގައުމު ކުރިއަށް ގެންދާން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ގައުމު ހަލަބޮލިކޮށް ސަރުކާރު އިނދަޖައްސާކަށް މަސައްކަތެއް ނުކުރާނެ،" ޝަރީފް ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދުވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އާންމުގެ ވޯޓުން ނިންމި ގޮތް ގަބޫލު ނުކުރައްވައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ޕާޓީއަށް ގެއްލުވާލުމަށް މަސައްކަތްކުރައްވާ ކުރެއްވުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުކަމެއް ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. "ޕާޓީ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާނިންމުންތަކާ ފާޅުގައި ދެކޮޅުހައްދަވާ ކަނޑައެޅިގެން އަސާސީ ގަވާއިދާ ޚިލާފަށް އަމަލުކުރާ ބަޔަކު ޕާޓީގެ ލީޑަރޝިޕްގެ މަގާމުގައި ދެމިތިބުމަކީ ކޮށްގެންވާނޭ ކަމެއްނޫން. އެކަން ހުއްޓާލުމަށް ގޮވާލަން،" ޝަރިފް ވިދާޅުވެފައިވެއެވެ.
ޝަރީފަކީ ވަރަށް ސާދާ މީހެކެވެ. އޭނާއަކީ ވަރަށް ސަޔާސަ މީހަކެވެ. ވަގަށް ލާރީގެ ޑީލް ހެދިޔަސް މީހުންނަށް ނޭނގޭ މީހެކެވެ. ލާރިއަށް ކޮންމެފަދަ ކަމެއްކޮށްފާނެ މީހެކެވެ.