ފިކުރެއްގެ ދިރުމުގެ ވާހަކަ ހުއްޓަވާލައްވާފައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު މަސައްކަތް ކުރެއްވުމަށް އެނބުރި ވަޑައިގެންނެވުމަށް ރައީސް ނަޝީދަށް އައްޑޫ ހިތަދޫ އުތުރުދާއިިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް މިރޭ ދަންނަވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާުލު ކުރުމަށް މިރޭ ބެއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ދިރުވަން މަސައްކަތްކުރައްވަނީ ފެންނަންނެތް ފިކުރެއް ކަމަށެވެ. އެމްޑީޕީގެ ފިކުރު އެޕޓީގެ ގަވާއިދުގައި ލިޔެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ޕާޓިގައި އެނޫން އެހެން އައު ފިކުރެއް ފެންނާކަށް ނެތް،" އަސްލަމް ވިދާޅުވިއެވެ.

ހާމައަށް ފެންނާންނެތް ފިކުރެއްގެ ވާހަކަ ދެއްކެވުން ރައީސް ނަޝީދު ހުއްޓަވާލެއްވުމަށް ފަހު އެނބުރު ވަޑައިގަތުމަށް އަސްލަމް އެދިވަޑައިގެންނެވިއެވެ. "އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައިސް ނަޝީދު ވަޑައިގަންނަވާށޭ،" އަސްލަމް ވިދާޅުވިއެވެ.