ބަލިތަކާއި އެކިކަހަލަ ސިއްހީ މައްސަލަތަކަކީ އެކަމެއްގެ ކުރީކޮޅުގައި ދެނެގަނެ، އަޅާލުމާއި ގަބޫލު ކުރުމާއެކު ފަރުވާ ކުރެވިއްޖެ ކަމުގައި ވާާނަމަ ސަލާާމަތް ވެވިދާނެ ކަންތައްތަކެވެ. އެންމެ ފުރަތަމަ ކަމަކީ ތިމާއަކީ މިވެނި އެވެނި މައްސަލައެއް ހުންނަ މީހެއްކަން ދެނެގަނެ އެކަން ގަބޫލު ކުރުމެވެ. ބައްޔެއް ހުއްޓަސް އެބަލި ހުންނަކަން ގަބޫލު ނުކުރަންޏާ ނުވަތަ ނޭނގެންޏާ އެކަމަކަށް ފަރުވާ ހޯދަން ނުވަތަ އެކަމަކުން ރެކިގަނެ ސަލާމަތްވާން ނޭނގޭނެ ނޫންހެއްޔެވެ.
ބައެއްކަހަލަ މައްސަލަތަކަކީ ތިމާއަށް ވިސްނައިގަނެ ދެނެގަނެވުމުގެ ކުރިން ތިމާއާ ގާތުގައި ތިބޭ ތިމާއަށް ހެޔޮ އެދޭ ތިމާދެކެ ލޯބިވާ މީހުންގެ ސަމާލުކަމަށް އަންނަ ކަންތައްތަކެވެ.
ޓްރައިޕޯފޯބިއާ ޖެހެނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟
މި ދާއިރާއިން ކުރެވޭ ދިރާސާތައް މަދުކަމުން ޓްރައިޕޯފޯބިއާ ޖެހުމަށް މެދުވެރިވާ ސީދާ ސަބަބެއް ނޭނގެ އެވެ. ޓްރައިޕޯފޯބިއާގެ އެކި ޓްރިގަރސްތައް ކަމަށްވާ ހަނީކޮމްބް، ބަބަލް ރެޕް ނުވަތަ މޭވާގެ އޮށް ފަދަ ކަންކަން ފާހަގަކުރެވިފައިވެއެވެ.
ވަކި އުސޫލުތަކާއި، ބިހިތަކާއި، ފަރުމާކޮށްފައިވާ ޖަނަވާރުތަކާއި، ތަސްވީރުތަކުން ވެސް ޓްރައިޕޯފޯބިކް ރިއެކްޝަންތައް އުފެދިދާނެއެވެ.
ޓްރައިޕޯފޯބިއާ ގެ މާނައަކީ ކޮބައި ހެއްޔެވެ؟
ޓްރައިޕޯފޯބިއާ އަށް ނިސްބަތްވަނީ ލޯވަޅުތަކުގެ އުސޫލަކަށް ނަފްރަތު ނުވަތަ ބިރުގަތުމަށެވެ. ވިދުތައް ނުވަތަ ބޮޅުބޮޅު، ލޯވަޅުތައް ފަދަ ތަކެތިން މީހާ ފަކުރުގަނެ މޭނުބައި ކުރާއިރު، ހާސްވެ ކަންބޮޑުވެ ބިރުގަތުން ހިމެނެއެވެ. އެފަދަ ތަސްވީރެއް ފެނުނަސް އޭގެއިން މުޅި ހަށިގަނޑަަށާއި ސިކުނޑިއާއި ހިތަށްވެސް އަސަރުކުރެއެވެ ކާބޯތަކެއްޗާއި މާތަކާއި ސްޕޮންޖް ފަދަ ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ ތެރޭގައި ލޯވަޅުތަކުގެ ގުރޫޕްތައް ފެނުމަކީ ހާސްވެ ކަންބޮޑުވުން، އަދި އުނދަގުލުގެ އިހުސާސްތައް އުފެދިދާނެ ކަމެކެވެ. ބައެއްފަހަރު މީގެ ބޮޑު މަންޒަރެއްގެ ތަސައްވުރު ސިކުނޑީގައި އެތައް އެތައް ދުވަހަކަށް ދިގުލައިގެން ގޮސް އޭގެއިން އެހެނިހެން ނަފުސާނީ ބަލިތަކާ ދިމާއަށް ދާން މަގުފަހިކުރެއެވެ.
ޓްރައިޕޯފޯބިއާ އަކީ ދިރިއުޅުމުގެ ފެންވަރަށް އަސަރު ފޯރުވާފާނެ ހާސްކަމުގެ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމެކެވެ. އާންމުކޮށް ފާހަގަ ކުރެވޭނީ ލޯވަޅުތަކުގެ ކުދި ގުރޫޕްތަކެއް ނުވަތަ ލޯވަޅުތަކާ ވައްތަރު ބައްޓަންތަކެއް ހުންނަ ވިދުތައް ނޫނީ ގާތްގާތުގައި ފުންޏަކަށް ހުންނަ ބޮޅުކަހަލަ އެއްޗިހި، ލޯވަޅެއްގެ ތެރެއިން އެއްޗެއް ފެނުން މިފަދަ ކަންތައްތަކުން އުނދަގޫވެ، ކަންބޮޑުވެ، މީހާއަށް އަންނަ ބަދަލުތަކަކީ ސިވިއާ ޓްރައިޕޯފޯބިއާ ގެ އަލާމާތްތަކެވެ.
މިމައްސަލައަށް ފަރުވާލިބެމުންދާ މީހަކު ބުނި ގޮތުގައި މިއީ ފަސޭހަ އިހުސާސްތަކެއް ނޫނެވެ. އަދި މިހާރު އޭނާއަށް ކޮންމެވެސް ވަރަކަށް އެކަމާ ކުރިމަތިލެވެއެވެ.
ޓްރައިޕޯފޯބިއާ އެހާ އުނދަގޫވަނީ ކީއްވެގެން ހެއްޔެވެ؟
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ލޯވަޅު ފަދަ ފަރުމާތަކުގައި ލޮލުގެ ފެނުމުގެ ހަކަތައެއްގެ ވައްތަރެއް ހުންނަ ކަމަށާއި އެއީ ހިތްހަމަ ނުޖެހޭ ރިއެކްޝަނެއް އުފެދިދާނެ އެއްޗެކެވެ. އެހެން ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި މި ބިރުވެރިކަން އަންނަނީ އިޖުތިމާއީ ހާސްކަމުންނެވެ. ވަށައިގެންވާ ތަންތަން ކުޑަކޮށް ފެންނަނީ ލޮލުގެ ގުރޫޕްތަކެއް ނުވަތަ މޫނުތަކެއް ތިބާއަށް ބަލަހައްޓައިގެން ހުންނަ ކަހަލަ ގޮތަކަށް ކަމަށާއި، މިއީ އިޖުތިމާއީ މާހައުލުގައި ހާސްވެއްޖެނަމަ އުނދަގޫ ކަމަކަށް ވެދާނެ ކަމަށެވެ.
ޓްރައިޕޯފޯބިއާ އަށް ފަރުވާއެއް އޮވޭތަ؟
ޓްރައިޕޯފޯބިއާ އަކީ ހާސްކަމުގެ ވައްތަރެކެވެ. މިއީ އެއްވެސް ހާލެއްގައި ބައްޔެއް ނޫނެވެ. ނުވަތަ އަނެކާގެ ސަމާލުކަމަށް އެދިގެން އުޅޭ ގޮތެއްވެސް ނޫނެވެ. މިމައްސަލަ ހުންނަ މީހެއްގެ އިހުސާސް ހިތަށް ގެންނާކަށް ފަސޭހައެއް ނުވާނެއެވެ. އެންމެ ފަހަރަކު ފެންނަ ތަސްވީރު އެމީހާގެ ރޭތަކުގެ ނިންޖާއި ކާތަކެތީގެ މީރުރަހައާއި ވަސްވެދސް ބަދަކުކޮށްލައެވެ. ހާސްކަމަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސްތަކުން އެހީތެރިކަން ލިބިދާނެއެވެ. މިއީ ބައްޔެއް ނޫނެވެ. މައްސަލައެކެވެ. އެހެންކަމުން މިކަމަށް ސީދާ ފަރުވާއެއް ނެތުމުން، އެ ފަރުވާއެއް ހޯދުމަށް ކުރެވިފައިވާ ދިރާސާތައް މަދެވެ.
އެކްސްޕޯޝަރ ތެރަޕީ — މިއީ ބަލިމީހުން މަޑުމަޑުން ހިތްހަމަ ނުޖެހޭ ތަސްވީރު ނުވަތަ ހާލަތްތަކަށް ހުށަހެޅޭ ތެރަޕީ ، މިތެރަޕީއިން އެހީތެރިވެދެއެވެ. މީގައި އެފަދަ ތަސްވީރުތައް މަޑުމަޑުން ދައްކައި އެއީ ތައްޔާރުކޮށްފައިވާ އަމިއްލައަށް މީހަކު ހަދާފައިވާ ހަމައެކަނި ފޮޓޯގަޑެއްކަން ބުނެދީ އެކަން އިހުސާސްކުރުވަން ޖެހޭނެއެވެ. މިކަމަށް ވަގުތު ހޭދަވާނެއެވެ.