އަންނަ މާރިޗުމަހު 4 ވާ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ފުވައްމުލައް ސިޓީ ރައީސްގެ ބައި އިލެކްޝަންގައި ވޯޓު ލުމުގެ ޙައްޤުލިބިފައިވާ މެންބަރުންގެ ލިސްޓު އާންމިކޮށްފިއެވެ. އެމްޑީޕީން އެ ލިސްޓު އާންމުކުރީ މިވަގުތު އެ މެންބަރުން ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށާއެކު ގައެވެ.

އެމްޑީޕީން ބުނެފައިވަނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށް ބަދަލުކުރަން ބޭނުންވާ މެންބަރުން ތިބިނަމަ އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 21 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ޕާޓީ އޮފީހަށް ހުށަހެޅުމުން ހަމަޖެހޭނޭ ކަމަށެވެ.

ފުވައްމުލައްސިޓީގެ އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުނެވީ ބޭފުޅާ އިސްތިއުފާ ދެއްވުމުންނެވެ. އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4 މެމްބަރަކު ވަނީ އެކަމަށް އެދި ކުރިމަތިލައިފައެވެ. އެއީ:

1- އަޙްމަދު މުޖްތަބާ ޢަބްދުﷲ – މަހިލަނބުމާގެ/މާދަޑު ޏ. ފުވައްމުލައް

2- ޙަސަން ވާސިފް ޙުސައިން – ފަޅަގަޑިގެ/ ފުނާޑު،ޏ.ފުވައްމުލައް

3- ސަޢުދުﷲ އަޙްމަދު ޙަސަން ދީދީ – ނޫރީފެހި/ފުނާޑު ޏ.ފުވައްމުލައް

4- މުޙައްމަދު ނޫރު އަޙުމަދު – ލަކީ/މާލެގަން ޏ.ފުވައްމުލައް

މި މެމްބަރުންގެ ނަންތައް އިއުލާންކޮށްފައިވަނީ ކެންޑިޑޭޓު ނަމްބަރ ތަރުތީބުންނެވެ.